English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ 13 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ ސްޓޯބެރީ މިންޓް ލެމަނޭޑް ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާތަކެތި : (5 ތަށްޓަށް)

1/2 ޖޯޑު ސްޓްރޯބެރީ ކޮށާފައި

1/2 ޖޯޑު ހަކުރު

1/3 ޖޯޑު ލުނބޯ ހުތް

1/4 ޖޯޑު މިންޓްފަތް

2 1/2 ޖޯޑު ފެން (ނޫނީ ބޭނުންވާ ވަރަށް)

1 ޖޯޑު އައިސް ކިއުބް

ތައްޔާރުކުރާނެގޮތް:

ހުރިހާ އިންގްރެޑިއެންޓެއް ބްލެންޑަރަށް އަޅާފައި ރަނގަޅަށް ގިރާލާށެވެ. ބިއްލޫރި ތަށިނަގާފައި ތަށްޓަށް އެޅުމަށްފަހު ގާނިޝް ކުރުމަށް މިންޓްފަތް އަދި ސްޓްރޯބެރީ އެޅުމަށްފަހު ސާރވް ކުރާށެވެ.

ނޯޓް: ބޭނުންނަމަ ރަހަލާވަރަށް ލެމަން ސޮޑާ މި ޖޫހަށް އަޅާލެވި ދާނެއެވެ.