އެޕަލް ސައިޑާ ވިނެގަރ (ނުވަތަ ފޭނުން ކިޔާ ގޮތުގައި ‘އޭސީވީ’) އަކީ ފާއިތުވި މަދު އަހަރުތަކުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދަމުން އަންނަ ވެލްނެސް ޓްރެންޑެކެވެ. ކެޕްސޫލް، ގަމީ ނުވަތަ ގުދުރަތީޒާތުގައި ބޯން ވިޔަސް، ބަރުދަން ލުއިވުން ހިމެނޭ ގޮތަށް ސިއްހީ ތަފާތު ބަލިތަކަށް ފަރުވާހޯދުމުގެ ގޮތުން އަދިވެސް މީހުން އެއަށް ލެނބެމުން ދެއެވެ.
ކެއްކުމުގައިވެސް ގިނަ ބަޔަކު ބޭނުންކުރާ މި ބުއިމަށް ތާއީދުކުރާ މީހުން ދެބަސްވާ ގިނަ ސަބަބުތަކެއް ވެއެވެ. އެޕަލް ސައިޑަރ ވިނެގަރ ސްޓްރެއިޓް-އަޕް ބުއިމުން ޑެންޑްރަފް ނުވަތަ ބޮލުގައި ހަންފޮޅުން ރަނގަޅުކޮށްދީ،، އަވިން ފިހިފައިވާ ތަންތަން ފަސޭހަ ކުރުމަށް އެހީތެރިވެދިނުމުގެ އިތުރުން ހަށިގަނޑުގެ ބަރުދަން ލުއިކޮށްދިނުމުގައި ވެސް އެހީތެރިވެދޭ އެއްޗަކަށް އެޕަލް ސައިޑާ ވިނެގަރ ވަނީ ވެފައެވެ.
އެޕަލް ސައިޑާ ވިނެގަރ ބުއިމަކީ ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ބުނާ މީހުން މަދެއް ނޫނެވެ. .ކޮންމެއަކަސް އެޕަލް ސައިޑަރ ވިނެގަރ އަކީ ވެސް ރާހުތުގެ އެއްވައްތަރެވެ. ރަހައަކަށް ބަދަލެއް ނާންނާނެއެވެ. މީރު ކޮކްޓެއިލް ބުއިމެއް ހަދާލަންވެސް މި ވިނެގަރ ބޭނުން ކުރެވިދާނެއެވެ. އޭސީވީ ފޭނުން ވެސް މި މާއްދާ ، ސައި، ސްމޫތީ، ސޯސް، އަދި ސަލަޑު ތައްޔާރު ކޮށްލަން ބޭނުން ކުރެއެވެ. އެމީހުން ފޭނުންނަށް ވީ ވެސް މިހެންވެއެވެ.
އެޕަލް ސައިޑާ ވިނެގަރ އާއި ބަރުދަން ލުއިކުރުމުގެ ފަހަތުގައިވާ މެކޭނިޒަމަކީ، މި ބުއިމުން ފަރމަންޓޭޝަން ޕްރޮސެސްގެ ތެރޭގައި އުފެދޭ އޭސިޓިކް އެސިޑަކީ ކާހިތްވުން ކޮންޓްރޯލްކޮށް ސަރުބީ އަންދާލުމަށް އެހީތެރިވެދޭ އެއްޗަކަށް ވާކަމެވެ. މި ތަޙުލީލަކީ ޙަގީގަތެއް ނަމަވެސް ތަޖުރިބާކާރުން ބުނާ ގޮތުގައި އެސިޓިކް އެސިޑް ހަށިގަނޑުގައި މަސައްކަތްކުރާ ގޮތާއި އޭސީވީ މަސައްކަތް ކުރާގޮތުގައި ކުޑަ މިންވަރެއްގެ ތަފާތެއް އެކުލެވެއެވެ.
އެޕަލް ސައިޑާ ވިނެގަރގެ ޝޮޓެއް (ނުވަތަ ސްމޫތީ ނުވަތަ ސައި)، ހަގީގަތުގައި ސަރުބީ އަންދާލުމަށް އެހީތެރިވެދެވިދާނެ ހެއްޔެވެ؟ އަދި، އޭސީވީގެ ޝޮޓެއް ހެދުމުން އަފްޓާ-ބަރން ފިޔަވައި، ދުވާލަކު ލިކުއިޑް ޑޯޒް ކުރުމުން އެއްވެސް ނޭދެވޭ އަސަރެއް ނުވަތަ ނުރައްކަލެއް އެބަހުރިތޯ؟
ކިޔުންތެރިންނަށް އެނގެންޖެހޭ މައުލޫމާތު ހޯދާލުމަށް ތަޖުރިބާކާރުންގެ އެހީއަށް އެދުނީމެވެ.
އެޕަލް ސައިޑަރ ވިނެގަރަކީ ކޮބާ؟
އުފެއްދުންތެރިކަމުގެ ނަޒަރިއްޔާއަކުން ބަލާއިރު، އެޕަލް ސައިޑާ ވިނެގަރ އަކީ ހަގީގަތުގައިވެސް ފައިދާ ބޮޑު އެއްޗެކެވެ. އެޕަލް ސައިޑާ ވިނެގަރ އުފައްދާ ފަރާތްތަކުން އެކަމުގެތެރޭ ބޭނުންކުރާ ޔީސްޓަކީ ފަރމަންޓޭޝަން ޕްރޮސެސްގެ ކިކްސްޓާރޓް ނުވަތަ ފެށުމެވެ.
ނިއުޓްރިޝަނަލް ނަޒަރިއްޔާއަކުން ބަލާއިރުވެސް އޭސީވީ އަކީ ފައިދާހުރި އެއްޗެކެވެ. ޔޫއެސްޑީއޭގެ ނިއުޓްރިއެންޓް ޑޭޓާބޭސްއިން ބުނާ ގޮތުގައި އެއް މޭޒުމަތީ ސަމުސާ އެޕަލް ސައިޑާ ވިނެގަރގައި ތިން ކެލޮރީ ހިމެނޭއިރު، ޕްރޮޓީން ، ކާބޯހައިޑްރޭޓް، ފައިބަރ އަދި ފެޓް ފަދަ އެހެން އިތުރު އެއްވެސް މާއްދާއެއް ނުހިމެނެއެވެ. މިހެންވެ އެޕަލް ސައިޑަރ ވިނެގަރަކީ އުފެއްދުމުގައި އެހެން ބާވަތްތަކާ މަސްހުނި ކޮށްފައިހުންނަ އުފެއްދުމަކަށް ނުވުމުން މީގައި ހަކުރު ހުރިމިންވަރު ބަލާކަށް ނުޖެހޭނެއެވެ.
އެޕަލް ސައިޑާ ވިނެގަރ ގައި ފައިދާ އެކުލެވިގެންވޭ ހެއްޔެވެ؟
ފަރުމަންޓޭޝަން ޕްރޮސެސްގެ ތެރޭގައި އުފެދޭ ކޮމްޕައުންޑެއް ކަމަށްވާ އެސިޓިކް އަކީ ބުއިންތަކުގައި ހުންނަ ހަކުރުގެ ބައި އެސިޑަށް ބަދަލުކޮށްދޭ ކޮމްޕައުންޑެކެވެ.
ޖޯންސްޓަން ބުނާ ގޮތުގައި އެޕަލް ސައިޑާ ވިނެގަރ އިން އެސިޓިކް އެސިޑް ހަށިގަނޑަށް ވާސިލުވެ އެ ކޮމްޕައުންޑުން މެޓަބޮލިޒަމް އެކްޓިވޭޓްކޮށް، ހަށިގަނޑުގައި ސަރުބީ ރައްކާކުރުމަށް ވުރެ ހަކަތައިގެ ގޮތުގައި ބޭނުން ކުރުމަށް އެހީތެރިވެދެ އެވެ.
އިންސާނުން ބޭނުންކޮށްގެން ކުރި އެހެން ދިރާސާއެއްގައި ބަޔޯސައިންސް، ބަޔޯޓެކްނޮލޮޖީ، އެންޑް ބަޔޯކެމިސްޓްރީ ޖާނަލްގައި ޝާއިއުކޮށްފައިވާ ގޮތުގައި ދުވާލަކު އެއް ސަމުސާ އާއި ދެ މޭޒުމަތީ ސަމުސާ އާއި ދެމެދުގެ އަދަދަކަށް ޑައިލޫޓް އެޕަލް ސައިޑާ ވިނެގަރ ބޭނުންކުރުމުން 12 ހަފްތާގެ ތެރޭގައި އެވްރެޖްކޮށް ހަތަރު ޕައުންޑް ލުއިކޮށްދެއެވެ. އެހެންކަމުން އެޕަލް ސައިޑާ ވިނެގަރ އިން މީހުންގެ ބަރުދަން ލުއިކުރުމަށް އެހީތެރިވެދީފައިވާ ކަމަށް މި ދިރާސާއިން ދައްކައެވެ.
މި ވިނެގަރގައި ހިމެނޭ އެސިޓިކް އެސިޑަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ފައިދާބޮޑުއެއްޗެކެވެ. އޭގެތެރޭގައި ކާހިތްވުން ދުރުކޮށްދޭ އެއްޗަކަށް ވެސް މިމާއްދާ ވާކަން ޖޯންސްޓަން ފާހަގަ ކުރިއެވެ. އެޕަލް ސައިޑާ ވިނެގަރއިން އެންމެ ފައިދާކުރަނީ ސްޓާޗް އެކުލެވޭ ކާނާގެ ޑައިޓަކާއި އެކު ބޭނުން ކުރުމުން ކަމަށް ދިރާސާއިން ދައްކައެވެ. ،އެއީ ސްޓާޗް ފަދަ ކާނާތައް ހަޖަމްކުރުމުގައި މިއެސިޑްގެ ސަބަބުން ސްޕީޑް ލަސްކޮށްދޭތީއެވެ. . މިއީ ބަރުދަން ލުއިކުރަން ބޭނުންވާ މީހުންނަށް އުފާވެރި ޚަބަރެކެވެ. ހަޖަމުކުރުން ލަސްވާ ވަރަކަށް ގިނަ ވަގުތު ކާހިތްނުވެ ދެމިހުރެވޭނެތީއެވެ.
އަދި ކޮބައިތޯއެވެ. ސްޓާޗް ނުވަތަ ފަލަމަޑީގެ ބާވަތްތަކުގެ ކާނާ ކެއުމުގެ ކުރިން އެޕަލް ސައިޑާ ވިނެގަރ ގެ ބުއިމެއް ބޭނުންކޮށްލުމަކީ ލޭގައި ހިމެނޭ ހަކުރު ގެ މިންވަރު އެއްވަރެއްގައި ހިފަހައްޓައިދޭކަމެކެވެ. މިއީ ، ލުއިކާނާއާއި ފޮނި އެއްޗިހި ކާހިތްވުން ކުޑަކޮށްދޭ ކަމެކެވެ.
ހަޤީޤަތުގައިވެސް އެޕަލް ސައިޑަރ ވިނިގަރއަކީ ބަރުދަން ލުއިކުރުމަށް އެހީއެއް ހެއްޔެވެ؟
ކޮންމެ މީހަކުވެސް ކާމިޔާބު ކުރަން ބޭނުންވާ އެއް ލަނޑުދަޑިއަކީ ރީތި ހަށިގަނޑެއްގެ ވެރިއަކަށް ވުމެވެ.. ފިޓް ކޮށް ހުރުމެވެ. ކޮންމެއަކަސް އޭސީވީ އަކީ މިކަމުގައި އެހީއެއް ހެއްޔެވެ.؟
ޖޯންސްޓަން ބުނާ ގޮތުގައި މިއީ ބޭނުން ކޮށްލަން ރަނގަޅު ސަޕްލިމެންޓެކެވެ. އެކަމަކު ނަތީޖާ ވަގުތުން ނުފެންނާނެއެވެ. އާންމުކޮށް ކެއުމަށް ބޭނުން ކުރާ ކާނާ، ފަލަމަޑީގެ ބާވަތްތައް ކާއިރު މި ވިނެގަރ އިތުރު ކޮށްލުމުން ބަރުދަން ލުއި ކޮށްލުމުގައި އެހީތެރިކަމެއް ލިބިގެން ދާނެއެވެ.
އެޕަލް ސައިޑަރ ވިނެގަރ ބޭނުންކުރަންވީ ކިހާ މިންވަރަކަށް؟
އެޕަލް ސައިޑަރ ވިނެގަރ ބޭނުންކުރުމަށް ރަސްމީކޮށް ލަފާދީފައިވާ ޑޯޒެއް ނެތެވެ. ސަބަބަކީ އެޕަލް ސައިޑާ ވިނެގަރ ބޭނުންކުރުމާ ބެހޭ ދިރާސާތައް ލިމިޓް ވެފައިވާތީ އެވެ.
އެކަމަކު ޖޯންސްޓަން ލަފާދެއްވަނީ ކެއުމުގެ ކުރިން 2-1 މޭޒުމަތީ ސަމުސާ އާއި އަށް އައުންސް ފެނާއި އެއްކޮށްގެން ބުއިން އެންމެ ރަނގަޅު ކަމަށެވެ. (އިތުރަށް އިތުރު ނުކުރުމަށް ސަމާލުވާށެވެ- އެސިޓިކް އެސިޑް އެކުލެވޭތީ، އޭސީވީ ޓަނެއް ނުވަތަ ގިނަ ޢަދަދަކަށް ބުއިމުން ހަޖަމްކުރުމުގެ ނިޒާމުގައިވާ ނާރުތައް އަނދާ، އަދި ދަތުގެ ހިރު ގިރައިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.)
އެޕަލް ސައިޑާ ވިނެގަރ އިން ލިބޭ ގެއްލުންތަކަކީ ކޮބާ؟
އެޕަލް ސައިޑާ ވިނެގަރ އާދައިގެ މިންވަރަކަށް ބޭނުންކުރުމަކީ އެންމެ ރަނގަޅު ގޮތްކަމުގައިވިއަސް މާގިނައިން ބޭނުން ކުރުމުން ދަތްތަކާއި ކަށިތަކަށް ގެއްލުން ލިބޭނެއެވެ.
ހަކުރުބަލި ހުންނަ މީހުން ވެސް އެޕަލް ސައިޑާ ވިނެގަރ ބޯއިރު ސަމާލުވާން ޖެހެނީ ލޭގައި ހަކުރު ހުންނަ މިންވަރު ދަށްވެދާނެތީ އެވެ. އަދި ބައެއްކަހަލަ، އިންސިއުލިން، ޑައިގޮކްސިން (ހިތުގެ މައްސަލަތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ)، އަދި ޑައިޔޫރެޓިކް ބޭސްފަދަ ބޭސްތައް އޭސީވީ އާއި އެއްގޮތަކަށްވެސް ނުގުޅިދާނެއެވެ.
މިއީ ބަރުދަން ލުއިކުރުމަށް އެންމެ ރަނގަޅު ގޮތެވެ.
ޖޯޖިއާގެ އޮގަސްޓާ ޔުނިވާސިޓީ މެޑިކަލް ސެންޓަރުގެ އެންޑީ ޔޫރެޗްކޯ، އެމްއެސް، އާރްޑީ ބުނާ ގޮތުގައި އޭސީވީ ފަދަ ޓްރެންޑްތައް ނުހިމަނައި ނަމަވެސް ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވޭ ދެމެހެއްޓޭ ކުދިކުދި ބަދަލުތަކަކީ ލަނޑުދަނޑިތައް ހާސިލް ކުރުމަށް އެންމެ ރަނގަޅު ގޮތެވެ. ސިއްހަތަށް ފައިދާހުރި ބާވަތެއްގެ ޑައިޓެއް ކޮށްލުމަކީ ޙަޔާތުގެ ކޮންމެ ދުވަހަކުވެސް ކުރެވިދާނެ ކަމެކެވެ.
ޗިޕްސް ނުވަތަ ކުކީސް ފަދަ ޕްރޮސެސްޑް ސްނެކްސްގެ މިންވަރު މަދުކުރުމަކީ ފަސޭހަ އެއް އަމާޒެވެ. އާންމުކޮށް މެންދުރުގެ ކެއުމުގައި ތިން ކުކީސް ކާނަމަ ދެން އޭގެ މިންވަރު ދެ ކުކީސް އަށް ކުޑަކޮށްލާށެވެ. ނުވަތަ، މެންދުރު ފަހު ޗިޕްސް ކޮތަޅެއްގެ ބަދަލުގައި މޭވާ،އާއި ތަރުކާރީ ނުވަތަ ޖަރކީ ބޭނުން ކުރާށެވެ. މި ފައިބަރުގެ ސަބަބުން (ބަނޑު) ފުރިފައި ހުރުމުގެ އިތުރަށް ޖުމްލަކޮށް ކެއުން މަދުކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.
އެޕަލް ސައިޑަރ ވިނެގަރއަކީ މުޅި ދުނިޔެ ބަލައިގަނެފައިވާ ޓްރެންޑެކެވެ. ކޮންމެ މީހެއްގެ ސިއްޙަތާއި ގުޅިފައިވާ އެކުވެރިއެކެވެ. ރަނގަޅު ގޮތުގައި ބޭނުން ކުރަން ހަމަ ވަރަށް ރަނގަޅު ސަޕްލިމެންޓެކެވެ.