English Edition
Dhivehi Edition
ކ. ގުރައިދޫގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ގޫގުލް

ކ.ގުރައިދޫގައި މަރުވެފައި އޮތްވާ ފެނުނު 4 މަހުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެސް އާއިލާއާއި ހަވާލުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މި ކުއްޖާގެ ޖަނާޒާ މިއަދު އަސުރު ނަމާދަށްފަހު ހުޅުމާލޭ ސަހަރާގައި ބާއްވާފައިވާއިރު މި ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުއްވީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ މި ކުއްޖާ ނިޔާވި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި މަހުގެ 14 ވަނަ ދުވަހުކަމަށެވެ. އަދި މި ކުއްޖާ ނިޔާވި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަކަމަށް ބުނެފައިވާއިރު، މިކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.