English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް އަތުން މޮޅުވެ، ނިއުކާސަލް ޔުނައިޓެޑް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ނިއުކާސަލް މޮޅުވީ 0-2 ގެ ނަތީޖާއިންނެވެ.

ރޭ ޔުނައިޓެޑް އަތުން މޮޅުވެ ނިއުކާސަލް ތާވަލްގެ ތިންވަނައަށް ޖެހިލިއިރު، އެޓީމަށް ތިންވަނަ ލިބުނީ ގޯލުގެ ތަފާތުން ކުރި ލިބިގެންނެވެ. އެ ގޮތުން ތިން ވަނައިގައި އޮތް ނިއުކާސަލާއި ހަތަރެއްގައި އޮތް ޔުނައިޓެޑަށް ވަނީ 27 މެޗުން 50 ޕޮއިންޓް ލިބިފަ އެވެ.

މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހިއޮވެއެވެ.

މެޗުގައި ނިއުކާސަލް އިން ޖެހި ދެ ގޯލު ވެސް ކާމިޔާބުކުރީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން މެޗުގެ 65 ވަނަ މިނިޓްގައި ނިއުކާސަލަށް ލީޑުނަގައިދިނީ ވިލޮކް އެވެ. މިއީ އޭރިއާތެރެއިން ނިއުކާސަލްގެ ބްރޫނޯ ގިމާރޭސް ނެގި ހުރަހަކުން، އަލަން ސެއިންޓް މެކްސިމައިން ބޮލުން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައަކުން ވިލޮކް ބޮލުން ޖެހި ގޯލެކެވެ.

ނިއުކާސަލަށް ދެ ވަނަ ގޯލު ޖަހައިިދިނީ ބަދަލަކަށް ކުޅެން އެރި ކަލުމް ވިލްސަން އެވެ. ވިލްސަން މި ލަނޑު ޖެހި ކިއެރަން ޓްރިޕިއޭ ނެގި ހިލޭ ޖެހުމަކުން ބޮލުންނެވެ.