އައްޑޫ ސިޓީގައި އެކަށީގެންވާ މިންވަރަށް ފުލުހުން ނެތް ކަމަށާއި އެ ސިޓީގައި ފުލުހުންގެ އަދަދު އިތުރުކުރުމަށް ރައްޔިތުން ބޭނުންވާކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
މެމްބަރު ޝަރީފް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އައްޑޫގައި ފުލުހުންގެ އަދަދު އިތުރުކުރުމަށް ރައްޔިތުން އެދެމުންދާ އިރު ގާނޫނުތައް ތަންފީޒުކޮށް މުޖްތަމައުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށްވެސް ރައްޔިތުން އެދެމުން އެދެމުންދާ ކަމަށެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ ފުލުހުންގެ އަދަދު އިތުރުވާ ގޮތަށް ގެނައި އިސްލާހަކަށް މަޖިލިހުގައި ވޯޓު ދެއްވުނީތީ އެކަމާ އުފާ ކުރައްވާ ކަމަށެވެ.
އައްޑޫ ސިޓީގައި ކުށްކުރާ މިންވަރު އިތުރުވެފައިވާއިރު، ކުށުގެ ވެށިން ހައްޔަރުކުރާ މީހުންނަށްވެސް އެކަށީގެންވާ އަދަބު ނުދެވޭ ކަމުގެ ޝަކުވާތައް ވަރަށް ބޮޑެވެ.