English Edition
Dhivehi Edition
ކަސްޓަމްސް ގެ ބެލުމުދަށުގައި ހުރި ތަކެތި ނައްތާލަނީ: ފައިލް ފޮޓޯ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ރާއްޖެ އެތެރެކުރުން މަނާ ސިންގަލްޔޫސް ޕްލާސްޓިކްގެ ބާވަތްތަކެއް ނައްތާލައިފިއެވެ.

މިތަކެއްޗަކީ ޤާނޫނު ނަންބަރު 79/31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނު) ގެ 07 ވަނަ މާއްދާގެ ދަށުން, ދިވެހިރާއްޖެއަށް އިމްޕޯޓްކުރުން މަނާތަކެތީގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސިންގަލްޔޫސް ޕްލާސްޓިކުގެ ބާވަތްތައް ކަނޑައެޅުމާބެހޭ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2021/3 ގެ އިސްލާހުގެ ދަށުން، ހދ.ކުޅުދުއްފުށި ކަސްޓަމްސްއިން ހިފަހައްޓާފައިވާ ތަކެއްޗެވެ.

މި ތަކެތި ނައްތާލާފައިވަނީ 16 މާރިޗް 2023 ވަނަ ދުވަހު ހދ.ކުޅުދުއްފުށި ކުނި ނައްތާލާ ސަރަޙައްދުގައެވެ.

މީގެ އިތުރުން މިއަހަރުގެ މިހާތަނަށް ހދ.ކުޅުދުއްފުށި ކަސްޓަމްސްއިން ރާއްޖެ އެތެރެކުރުން މަނާ ޕްލާސްޓިކު ކޮތަޅުތައް ނައްތާލާފައެވެ.

މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ނައްތާލުމުގައި ކަސްޓަމްސްއިން ޢަމަލުކުރާ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗެވެ.

އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ ޢާންމު ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.