English Edition
Dhivehi Edition
އެޗްޑީސީގެ ހޮޅުއަށި ޕާކު ހުޅުވުން

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ސީއެސްއާރް ޓީމުން ހުޅުމާލޭގެ 704 ފްލެޓު ސަރަހައްދުގައި ޕާކެއް ހަދައި ހުޅުވައިފިއެވެ.

މި ޕާކު ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެތަން ހުޅުއްވައިދެއްވީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ. މި ރަސްމިއްޔާތުގައި މި ކުންފުނީގެ އެމްޑީ އަހުމަދު އާތިފާއި އެހެން އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތާއި އެކު އެޗްޑީސީން ވަނީ އެ ސަރަހައްދުގެ ރައްޔިތުންނަށް ތަރާވީހެއްވެސް ބާއްވާފައެވެ.

ހުޅުމާލޭގެ ރައްޔިތުންނަށް ހިތްގައިމު މާހައުލެއް ގާއިމްކޮށްދިނިމުގެ ގޮތުން އެޗްޑީސީން މި ޕާކު ހަދާފައި ވަނީ 704 ފްލެޓު ސަރަހައްދުގައި ހުޅުމާލެ ހޮސްޕިޓަލް ފަހަތުގައެވެ.

ދިވެހި ތާރީހު ދައްކުވައިދޭ ތަފާތު ކުރެހުންތަކާއި އެކު ހަދާފައިވާ މި ޕާކުގެ އެންމެ ހާއްސަ ކަމަކީ ކާބަފައިންގެ ޒަމާން ތަޖުރިބާކޮށްލެވޭ ގޮތަށް ހަދާފައިވާ ހޮޅުއައްޓެކެވެ. މީގެ އިތުރަށް ކުޑަކުދިން ކުޅެން ހާއްސަކޮށްފައި މިނީ ފުޓްސަލް ދަނޑެއްވެސް ހަދާފައިވެއެވެ.