English Edition
Dhivehi Edition

ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) އާއި ޑރ.ފާތިމަތު މުފްލިހާއާއި ގުޅިގެން މިއަހަރުގެ ސިއްޙަތު ދުވަހަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ “މަގޭ ސިއްހަތު” ވެބިނަރ ސީރީސްގެ ފުރަތަމަ ސެޝަން މިރޭ ފަށާގޮތަށް ހަމަޖައްސައިފިއެވެ.

އާންމުކޮށް ހުޅުވާލައިގެން އޮންލައިން ކޮށް ކުރިއަށް ގެންދާ މި ސީރީސްގެ ފުރަތަމަ ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ‘ބަލި ދެނެގަންނާނީ އަދި ރައްކާތެރިވާނީ ކިހިނެއް؟ އުރަމަތީގެ ކެންސަރަށް ނަޒަރެއް!’ މި މައުޟޫއަށެވެ.

މި ވެބިނަރ ސީރީސްއަކީ ޑރ.ފާތިމަތު މުފްލިހާއާއި ގުޅިގެން ސިއްޙީގޮތުން މީހުން ހޭލުންތެރިކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދިއުމަށް ހަމަޖހިފައިވާ ސީރީސްއެކެވެ.

ޑރ. ފާތިމަތު މުފްލިޙާއަކީ 13 އަހަރު ސިއްޙީ ދާއިރާގައި މަސައްކަތްކޮށް އަދި މަސައްކަތް ކުރައްވަމުން އަންނަ ޑޮކްޓަރެކެވެ. ޑރ މުފްލިޙާ ފުރުއްވަމުން ގެންދަވާ މަޤާމްތަކުގެ ތެރޭގައި އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ކޮންސަލްޓެންޓްއިން ރޭޑިޔޮލޮޖީގެ މަގާމް ހިމެނެއެވެ. އަދި އެހެންމެ ރޭޑިޔޮލޮޖީ ސޮސައިޓީ އޮފް މޯލްޑިވްސްގެ ފައުންޑަރ މެމްބަރުކަމަށް ވުމުގެ އިތުރުން، ޑރ.ފާތިމަތު މުފްލިހާއަކީ އެސޮސައިޓީގެ ވައިސް ޕްރެޒިޑަންޓްވެސް މެއެވެ.
ސިއްޙީދާއިރާ ކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަވަމުން އަންނަ ޑރ މުފްލިޙާ އަކީ ޑޮކްޓަރީ ފަރުވާ ދިނުމުގެ އިތުރުން މުޖްތަމައުގައި ސިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކޮށްފައިވާ ފަރާތެކެވެ. މިގޮތުން މީސްމިޑިޔާ، ޓީވީ އަދި ރޭޑިޔޯ މެދުވެރިކޮށް ސިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ގިނަގުނަ ސެޝަންތައް ގެނެސްދެއްވަ ވާފައިވެއެވެ. މީގެ ތެރޭގައި ކޮވިޑަށް ހޭލުންތެރިކުރުމަށް އަދި ސިއްޙީ އެހީތެރިންގެ އެއްބައިވަންތަކަށް މިކަމުގައި ދައްކުވައިދިނުމަށް ގިނަ ސިއްޙީ ޖަމާއަތްތައް އެކުލެވިގެން ބޭއްވުނު “މާސް އެވެޔަނަސް މޫވްމަންޓް” އާއި ކްލަބް ހައުސް އެޕްލިކޭޝަން މެދުވެރިކޮށް އެކި އެކި ޞިއްހީ މައުލޫތަކަށް ގެނެސް ދެއްވި ސެޝަންތައް ފާހަގަކުރެވެއެވެ.

2022 ވަނަ އަހަރު ރެހެންދިއެވޯޑު ޙާސިލް ކުރެއްވެވި ޑރ. ފާތިމަތު މުފްލިހާ އަކީ މަސައްކަތުގެ މާހައުލުގައްޔާއި ދިރިއުޅުމުގެ މައިދާނުގައިވެސް އަންހެނުން ބާރުވެރިކުރުމަށް ވާކާލާތު ކުރައްވަވަމުން ގެންދަވާ އަދި ކުރައްވަވާ މަސައްކަތްތަކުން އަމަލީ ގޮތުން މިކަން ދައްކުވައިދެއްވަވަމުން ގެންދަވާ ފަރާތެކެވެ.

“މަގޭ ސިއްޙަތު” ވެބިނަރ ސީރީސްގެ ފުރަތަމަ ސެޝަން އޮންނާނީ 29 މާރިޗު 2023 ވާ ބުދަ ދުވަހުގެރޭ، 22:00 އިން 23:00 އަށް ޒޫމް މެދުވެރިކޮށް އޮންލައިންކޮށެވެ. ޕޯސްޓާރގައިވާ ކިއު.އާރު ކޯޑު މެދުވެރިކޮށް ނުވަތަ ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓަރ ކޮށްލެވޭނެއެވެ.

https://forms.gle/YJ7148YsZAR52wQ46