English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ 6 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން މި ގެނެސްދޭ ރެސިޕީއަކީ ކަސާވާ އެގް ކަޓްލަޓްސް ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި
15 ބިސް ( ހަރުކޮށް ކައްކާފައި)
2 ގަނޑު ވަޅޯމަސް ( ފުނޑުކޮށްފައި)
2 ގިތެޔޮ މިރުސް ( ހިމުންކޮށް ކޮށާފައި)
3 ހިކަނދިފަތް ( ހިމުންކޮށް ކޮށާފައި)
5 ޖޯޑު ހުންނަހާ ދަނޑޑިއަލުވި ކައްކާ ގޮށް ނުހުންނަވަރަށް މޮޑެފައި
1 ސައިސަމުސާ ބައި މުގުރި އަސޭމިރުސް
1 ޗިކަން ކިއުބް
6 ބިސް ( ގިރާފައި)
3 ލުނބޯގެހުތް
3 ފިޔާ ( ހިމުންކޮށް ކޮށާފައިހުރި)
ލޮނުކޮޅެއް
ފާރޮށި ކުނޑި
ތެޔޮ
ތައްޔާރުކުރާނެގޮތް
ފުރަތަމަ ފިޔާކޮޅާއި މިރުސް، އަދި ހިކަނދިފަތް އެއްކޮށް މޮޑެފައި މަހާއި ދަނޑިއަލުވި ވެސް ކުރީގެ ބަޔާއި އެއްކޮށް މޮޑެލާށެވެ.
ނުވަތަ ފިޔާ ހިކަނދިފަތް މިރުސް އެއްކޮށް ތަވާއެއްގައި ތެޔޮފޮދެއް ހޫނުކޮށްގެން ފިޔާކޮޅު މޯޅިވަންދެން ހަނާކޮށްލާށެވެ.
އަސޭމިރުސް، ލޮނު ،ކިއުބް، ހުތް ވެސް އެއްކޮށްލާށެވެ.
ހަނާކުރި ބަޔާއި މަހާއި ދަނޑި އަލުވި އެއްކޮށްލުމަށްފަހު ގުޅަވަށާލެވޭވަރަށް މޮޑެލާށެވެ.
ބިސް ދެފަޅިކޮށްފައި ކޮންމެ ބިސް ފަޅިއެއްގެ މަތީގައި މޮޑުނު މަހުންމަސްކޮޅެއް ބިހުގެ ޝޭޕަށް ތަތްކޮށްފައި ބާރުކޮށްލާށެވެ.
ގިރާފައިހުރި ބިހުގެ ތެރެއަށްލާފައި ބޭރުގައި ފާރޮށި ކުނޑި ތަތްކޮށްފައި ބަހައްޓާށެވެ.
ތަވާ އުނދުންމައްޗަށް އުދާލާފައި ތެޔޮ އަޅާލުމަށްފަހު ހޫނުވީމާ ބިސްކަޓްލެޓްސްތައް ތެލުލާށެވެ.