English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ 6 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ މޯކާ ޗޮކްލެޓް މިލްކްޝޭކް ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާތަކެތި: (4 ތަށްޓަށް)

85ގ ޕްލެއިން ޗޮކްލެޓް

1 މޭޒުމަތީ ސަމުސާ ކޮފީ

700މލ ކިރު

4 ސްކޫޕް ވެނީލާ އައިސްކްރީމް

ތައްޔާރުކުރާނެގޮތް:

85ގ ޗޮކްލެޓްގެ ތެރެއިން 75ގްރާމް ޗޮކްލެޓް ކުދިކޮށް ކޮށާފައި 1ސަމުސާ ކޮފީ އާއި އެކު ޖަގަކަށް އަޅާލާށެވެ. 300ގ ކިރު ހޫނު ކުރުމަށްފަހު މި ޖަގު ތެރެއަށް އަޅާފައި ޗޮކްލެޓާ ކޮފީ ދިޔާވަންދެން ގިރާލާފައި ހިހޫ ވަންދެން ބަހައްޓާށެވެ. ހިހޫވީމަ ތައްޔާރު ކުރި މޯކާ މިލްކް ތެރެއަށް އައިސްކްރީމް އަދި ބާކީ ހުރި ކިރު އަޅާލާށެވެ. ދެން ބްލެންޑަރަށް އަޅާފައި ރަނގަޅަށް ގިރާލާށެވެ. ދިގު ހަތަރު ބިއްލޫރި ތަށި ނަގާފައި އޭގެ ތެރެއަށް ތައްޔާރު ކުރި ޗޮކްލެޓް މޯކާ މިލްކްޝޭކް އަޅާލާށެވެ. ގާނިޝް ކުރުމަށް މައްޗަށް އައިސްކްރީމް ސްކޫޕެއް އެޅުމަށްފަހު ބާކީ ހުރި ޗޮކްލެޓް ކުދި ކުދި ކޮށްފައި އަޅާލުމަށްފަހު ސާރވް ކުރާށެވެ.