English Edition
Dhivehi Edition
އަކަންޝާ ޑުބޭ

އިންޑިއާގެ އަވަށެއް ކަމަށްވާ ބްޖްޕޫރީގެ މަޝްހޫރު ބަތަލާ އަކަންޝާ ޑުބޭ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އިންޑިއާގެ ރިޕޯރޓްތައް ބުނާގޮތުގައި އަކަންޝާ މަރު ވެފައިވަނީ ވަރަނަސި ކިޔާ ހޮޓަލެއްގައި އޭނާ ދިރި އުޅެމުންދިޔަ ކޮޓަރީގައި ދަންޖެހިގެންނެވެ.

އުމުރުން 25 އަހަރުގެ އަކަންޝާ އެހޮޓެލްގައި އުޅެމުން އައީ ކުރިޔަށް ހުރި ފިލްމްތަކުގެ މަސައްކަތް ނިންމުމަށް ކަމަށް ހަބަރުތައް ބުނެއެވެ. ބޮޖްޕޫރީ ފުލުހުންނާ ހަވާލާދީ ޓީ.އައި.އޯގައި ރިޕޯރޓް ކޮށްފައިވާ ގޮތުގައި އޭނާ އަމިއްލައަށް މަރުވި ސަބަބު އެއްވެސް މީހަކަށް އެނގިފައި ނުވެއެވެ. ފުލުހުން ބުނީ އަކަންޝާ މަރުވުމުގެ އިރުކޮޅެއް ކުރިން އޭނާ ނަޝާފައިވާ ލަވައެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައި ވާކަމަށެވެ.

އަކަންޝާ މަސައްކަތް ކޮށްފައިވާ ހިޓް ފިލްމުތަކުގެ ތެރޭގައި “ވޯރޯން ކީ ވީރް” ، “ކަސަމް ބަޅްނާ ވާލީ ކީ 2” ހިމެނެއެވެ.

އަކަންޝާގެ މަރުގެ ފަހަތުގައިވާ ސިއްރުތައް ދަނެގަތުމަށް ފުލުހުން ދަނީ މިވަގުތު އެމައްސަލަ ބަލަމުންނެވެ. ފުލުހުން ބުނީ އޭނާ ދަންޖެހިފައި ހުރި ކޮޓަރި ތެރެއިން އަދި މިހާތަނަށް އެއްވެސް ހެއްކެއް ފެނިފައި ނުވާކަމަށެވެ.

އަކަންޝާ މަރުވިތާ އެއްގަޑި އިރު ފަހުން އޭނާ އެންމެފަހުން ކުޅުނު ލަވަ ވަނީ ރިލީޒް ކޮށްފައެވެ. އެލަވަ ރިލީޒް ކުރިތާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި 7 މިލައަން ވިއުސް ލިބިފައި ވެއެވެ.

ޓެގު