English Edition
Dhivehi Edition

ސައުދީ އަރަބިއްޔާ އިން ރާއްޖެއަށް ހަދިޔާކުރި ކަދުރު ބަހަން ފަށައިފި އެވެ.

މި ކަދުރު ބަހަން ފަށާފައިވަނީ މިއަދު އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ބަންދު ނޫން ދުވަހެއްގެ ހެނދުނު 09:30 އިން މެންދުރު 12:00 އަށް ކަމަށެވެ. އަދި ކަދުރު ބަހާނީ އިސްލާމީ މަރުކަޒުގެ ލޮބީގައި ކަމަށެވެ.

އެ މިނިސްޓްރީން ވަނީ ކަދުރު ބަލައި ދާ އިރު، އައިޑީ ކާޑު ގެންދަން ޖެހޭނެ ކަމަށް ބުނެފަ އެވެ.

ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހާއި ދިމާކޮށް ސައުދީ ސަރުކާރުން ރާއްޖެއަށް އަންނަނީ ކަދުރު ހަދިޔާ ކުރަމުން ނެވެ. އެގޮތުން މިއަހަރު ހަދިޔާ ކުރީ 50 ޓަނުގެ ކަދުރެވެ.

އިސްކާމިކް މިނިސްޓްރީން ބުނީ ސިޓީތަކާއި އަތޮޅުތަކުގެ ރަށްރަށުގައި ކަދުރު ބަހާނީ، މިނިސްޓްރީން އިޢުލާންކޮށްފައިވާ ފަޤީރުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ ގޭބިސީއަކަށް ޕެކެޓެއް ދިނުމަށް ފަހު މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުން ކަމަށެވެ.

މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހަނީ މިނިސްޓްރީން ނެވެ. އަތޮޅުތެރޭގެ ރަށްރަށަށް ކަދުރުބަހާނީ ރަށު ކައުންސިލްތަކުން މި އަހަރު މިނިސްޓްރީއަށް ފޮނުވި ގޭބިސީގެ ލިސްޓުތަކަށް ބެލުމަށް ފަހު އެ ކައުންސިލްތަކުން ނެވެ.