English Edition
Dhivehi Edition

ގއ. ވިލިނގިލި ބަނދަރު މަސައްކަތް ދަނީ ކުރިއަށް ކަމަށް އެ މަސައްކަތް ކުރާ ކުންފުނި، އެމްޓީސީސީ އިން ބުނެފި އެވެ.

އެމްޓީސީސީ އިން ބުނީ ގއ. ވިލިނގިލީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު (ތިންވަނަ ފިޔަވަހި) ގެ ދަށުން، އައު ހާބަރ ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ 45 އިންސައްތަ ފުރިހަމަކުރެވިފައިވާ ކަމަށެވެ. އަދި، އެއްގަމު ތޮށި ލުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 59,536.80 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، 275 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 613 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 105 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން 685 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ހިމެނޭ މި މަޝްރޫޢަކީ 107.86 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.