English Edition
Dhivehi Edition

މޭރީ ސްޓްރީޓް ފުޓްސެލް ޗެލެންޖް 2023ގެ ޗެމްޕިއަންކަން ވިލި ޕޮލިސް ކްލަބް ހޯދައިފިއެވެ.

މިއީ މޭރީ ސްޕޯޓްސް ކްލަބް އިން އިންތިޒާމްކޮށްގެން 16 މާރިޗް 2023 އިން ފެށިގެން 22 މާރިޗް 2023 އަށް މޭރީ ސްޓްރީޓް ފުޓްސެލް ޗެލެންޖުގެ ނަމުގައި ގއ. ވިލިނގިލީގައި ކުރިއަށް ގެންދިޔަ ފުޓްސެލް މުބާރާތެކެވެ.

ވިލި ޕޮލިސް ކްލަބް ޗެމްޕިއަންކަން ހޯދައިފައިވަނީ ފައިނަލުގައި 0-0 އެއްވަރުވުމުން ޕެނަލްޓީ ޖަހައި ނޯތު މެޑޫސާ އަތުން 0-1 އިން މޮޅުވެގެންނެވެ.

މި ފުޓްސެލް ޗެލެންޖްގައި ޖުމްލަ 08 ޓީމު ބައިވެރިވެފައިވާއިރު، ފައިނަލަށް ހޮވިފައިވަނީ ނޯތު މެޑޫސާ އަދި ރިއަލް ޕޮލިސް އެވެ. މި ފުޓްސެލް ޗެލެންޖްގެ ގަދަ 05 ކަށް ހޮވާލެވިފައިވާ ކުޅުންތެރިންނަކީ

ރިފާޢު (މޭރީސް ޕައި)

މުސައްވިރު (ނޯތު މެޑޫސާ)

ނަދީމް (ރިއަލް ޕޮލިސް)

ރަމޭޝް (ނޯތު މެޑޫސާ)

އިލްހާމް (ރިއަލް ޕޮލިސް) އެވެ.

ސްޓްރީޓް ޗެލެންޖުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަޤާމް ހޯދައިފައިވަނީ މޭރީސް ޕައިގެ ރިފާއު އެވެ. އަދި މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހާސިލްކޮށްފައިވަނީ ރިއަލް ޕޮލިސްގެ އިލްހާމް ރަފީޤްއެވެ.

މޭރީ ސްޓްރީޓް ފުޓްސެލް ޗެލެންޖްގެ ޗެމްޕިއަން ޓީމަށް 10،000ރ ގެ ފާއިސާގެ އިނާމެއް ދީފައިވާއިރު ރަނަރަޕް ޓީމަށް ވަނީ 2500ރ ގެ ފައިސާގެ އިނާމެއް ދީފައެވެ. އަދި އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހާސިލްކުރި ފަރާތަށް، މޯލްޑިވްސް ސްޕޯރޓްސް އެވޯޑް ހާސިލް ކުރި އަދި މަޝްހޫރު ބޮޑީ ބިލްޑަރ އަޒްނީން ރަޝާދު ވަނީ 3000ރ ގެ ފައިސާގެ އިނާމެއް ސްޕޮންސާރ ކޮށްދީފައެވެ. އަދި މީގެ އިތުރުން، ބައިވެރިވި ހުރިހާ ޓީމުތަކަށް ވަނީ ހަނދާނީ ލިޔުން ދީފައެވެ.

މޭރީ ސްޓްރީޓް ފުޓްސެލް ޗެލެންޖް އަކީ ގއ. ވިލިނގިލިގެ ކްލަބް ޖަމިއްޔާއެއް ކަމަށްވާ މޭރީ ސްޕޯޓްސް ކްލަބް އިން އިންތިޒާމްކޮށްގެން މީހާތަނަށް ބޭއްވުނު ފުރަތަމަ މުބާރާތެވެ.