English Edition
Dhivehi Edition

ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ” އިންޝާ ﷲ ” މިހެން ބުނާ ވީޑިއޯއެއް މީޑިއާގައި އާންމުވެއްޖެއެވެ.

ސޯޝަލް މީޑިއާއާއި ދުނިޔޭގެ ބައެއް މަޝްޙޫރު ވެބްސައިޓުތަކުގައި ދައުރުވަމުން އަންނަ މިވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާއިރު، ދުނިޔޭގެ މީޑިއާތަކުގައި ދަނީ މި ވާހަކަތައް ވަރަށް ހޫނުކޮށް ދެކެވި ބަހުސްކުރަމުންނެވެ.

ރޮނާލްޑޯގެ މި ވީޑިއޯ އަކީ 2020 ވަނަ އަހަރުގައި އާންމުވެފައިވާ ވީޑިއޯއެއް ކަމަށް ބައެއް ރިޕޯޓުތަކުން ބުނާއިރު، އަނެއް ބައި ރިޕޯޓުތަކުން ބުނަމުން އަންނަނީ ރޮނާލްޑޯގެ މި ވީޑިއޯ އަކީ އޭނާ ސައޫދީ އަރަބިއާގެ އަލް ނަޞްރަށް ބަދަލުވުމަށް ފަހު އާންމުކުރި ވީޑިއޯއެއް ކަމަށެވެ.

މި ވީޑިއޯއާއި ގުޅިގެން ގިނަ ބައެއްގެ މެދުގައި ބޮޑެތި ބަހުސްތަކެއް ކުރެވެމުން ދިޔަ ނަމަވެސް މި ވީޑިއޯގެ ހަޤީޤަތް މިހާރު ވަނީ އެނގި ހާމަވެފައެވެ. މި ވީޑިއޯ އަކީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި އޭނާގެ މުސްލިމް ރަޙުމަތްތެރިޔާ ޚަބީބު އަބްދުލްމަނަޕޮވިޗް އާއި އެކު އިންސްޓަގްރާމް މެދުވެރިކޮށް ކުރި ލައިވް ވީޑިއޯ ކޯލެއްގައި ދައްކާފައިވާ ވާހަކައެކެވެ.

ރޮނާލްޑޯގެ ޒަމާންވީ މި އެކުވެރިޔާ ކުރީގެ ބޮކްސިންގ ތެޅުންތެރިޔާ ، މާޝަލް އާޓިސްޓް ޚަބީބް އަބުދުލްމަނަޕޮވިޗްއާއި އެކު ކުރިއަށް ގެންދިޔަ މި އިންސްޓަގްރާމު ލައިވް ވީޑިއޯގައި ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނެފައިވަނީ އިންޝާ ﷲ ޚަބީބް އަށް ކާމިޔާބު ވާނެކަމަށެވެ.

” ޔަޤީން. ޔަޤީން. ޚަބީބް އަށް ކާމިޔާބު ވާނެ އިންޝާ ﷲ ، މަގޭ އަޚާ، ޝިއޫ.” ރޮނާލްޑޯ ވާހަކަ ދައްކަމުން ބުނެފައިވެއެވެ.

މި ވީޑިއޯ ސޯޝަލް މީޑިއާގައާއި ދުނިޔޭގެ ބައެއް މަޝްޙޫރު ކުޅިވަރު ނޫސްތަކުގައި ވައިރަލް ވެފައި ވާއިރު، އިންޝާ ﷲ މިއީ ރޮނާލްޑޯ ވަރަށް އާންމުކޮށް ބޭނުން ކުރަާ ބަހެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޭނާގެ ރަޙުމަތްތެރިތާ ޚަބީބް އާއި ގުޅާ ވާހަކަ ދައްކާ ކޮންމެ ފަހަރު ރޮނާލްޑޯ މި ބަސް ބޭނުން ކުރާކަމަށް ރިޕޯޓުތައް ބުނެއެވެ.

2 ކޮމެންޓް
Afrah
މާޗް 28, 2023
Insha Allah ei hurihaa dheeneh GE meehun ves arabinbahun vaahaka dhakkanya kiyaane ehche kalaku vaakan gabool kuraanama
ހާލުފޮޅި ފޮޅި
މާޗް 26, 2023
ހެޔޮ އެއްޗެއް ކިޔައިފިޔާ ހާދަ ބައެއްގެ މޭ ކަރައޭ ދޯ....