English Edition
Dhivehi Edition
އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.
އެގޮތުން ރޯދަ މަހުގެ 2 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ ކެރެމަލް ކަސްޓަރޑް ކަނަމަދު ކޭކު ތައްޔާރު ކުރާނެ ގޮތެވެ.
ބޭނުންވާ ތަކެތި
200 ގ. ފުށް
50 ގ. ކަސްޓަރޑް
200 ގ .ހަކުރު
5 ބިސް
1/2 ޖޯޑު ދިޔާ މިލްކް
200 ގ .ބަޓަރ
1 ޖޯޑު ކަނަމަދު ބޭރުމަށާ ކޮށާފައި ހުރި
50 ގ. ހަކުރު
1 ސައިސަމުސާ ބައި ބޭކިންގ ޕައުޑަރ
1 ސައިސަމުސާ ވެނީލާ އެސެންސް
ތައްޔާރު ކުރާނެ ގޮތް
200 ގ .ހަކުރާއި ބަޓަރ އެއްކޮށް އޮމާން ވަންދެން ގިރާލާށެވެ.
ފުށާއި ބޭކިންގ ޕައުޑަރ އަދި ކަސްޓަރޑް އެއްކޮށް ފުރާނާލާށެވެ .
ބިހާއި ފުށް އެއްކޮށް ކުރީގެ ބަޔާއި އެއްކޮށް ރަނގޅަށް ގިރާފައި ކިރު އަދިއެސެންސް ވެސް އެއްކޮށް ގިރާލާށެވެ.
50 ގ ހަކުރު ތަވަޔަކަށް އަޅާފައި މަޑުގިނީގައި ބަހައްޓައިގެން ހިތި ރަހަ ނުދޭވަރަށް ބްރައުން ކޮށްފައި ކަނަމަދު އެއްކޮށްފައި ކެރެމަލް ކޮށްލާށެވެ .
ކެރެމަލް ކުރި ކަނަމަދު ދޭފަތަކުން ފުށްގަނޑާއި އެއްކޮށްލާށެވެ. އަދި ޓްރޭގައި ބަޓަރު ކޮޅެއް ހާކާފައި ފުށްގަނޑު ޓްރޭއަށް އަޅާލާށެވެ.
މި ކޭކްވެސް ވަރަށް ގިނަ ގޮތް ގޮތަށް ތައްޔާރު ކުރެއެވެ.