ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމަށް އަހުމަދު ގައިސް އައްޔަންކޮށްފިއެވެ
ގައިސް އެންމެ ފަހުން ހުންނެވީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސްގެ މަގާމުގައެވެ.
ގައިސް، މިއަހަރު ޖަނަވަރީމަހު 1 ވަަނަ ދުވަހު ބްރޯޑްކޮމްއިން އިސްތިއުފާ ދެއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕެއިނަށް ވަގުތު ދެއްވުމަށެވެ.
އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އެ ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އޭނާ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރި ފަހުން އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެހެން މީހަކު އައްޔަންކޮށްފައެއް ނުވެއެވެ.