English Edition
Dhivehi Edition
ފޮޓޯ: ގޯލްޑެން ފުޓްސަލް ޖެލެންޖް ފޭސްބުކް ކޮމިޔުނިޓީ ގުރޫޕް

ރާއްޖޭގެ ފުޓްބޯޅަ މައި އިދާރާ (އެފްއޭއެމް) އިން ގައުމީ ފުޓްސަލް ލީގެއް ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި މި އަހަރު މެދުތެރޭގައި ރަސްމީކޮށް އެ މުބާރާތް ފެށޭތޯ މަސައްކަތް ކުރަމުން އަންނަކަމަށް ބުނެފިއެވެ.

ރާއްޖޭގައި ގައުމީ ފެންވަރުގައި ފުޓްސަލް ލީގެއް ފެށުމުގެ މަޝްވަރާކުރުމައް މިއަދު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގެ ތެރެއިން ދެކެވުނު ވާޖަތަކާއި އެކު މި ބައްދަލުވުމުގެ ފޮޓޯއެއް އެފްއޭއެމްގެ ރައީސް ބައްސާމް ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.

މި ބައްދަލުވުމުގައި ދެކެވުނު ވާހަތަކާއި ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާކުރައްވައި، ބައްސާމް ވިދާޅުވީ މިިނިސްޓަރު މަހުލޫފާ އެކު ބޭއްވި ބައްދަލުވުމުގައި ގައުމީ ފުޓްސަލް ލީގުގެއް ބޭއްވުމާއި މެދު ކުރެވެން ހުރި ކަންކަމާއި މެދު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި މިކަމުގައި އެފްއޭއެމުން ގެންގުޅޭ ޕްލޭނާ މެދު މިނިސްޓަރު ވެސް ހިތްހަމަޖެހޭ ކަމަށާއި މި ކަމަށް ސަރުކާރުގެ ފުރިހަމަ ސަޕޯޓް ލިބޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި މި އަހަރުގެ މެދެއްހާ ހިސާބުގައި ފުޓްސަލް ލީގު ފެށޭތޯ މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވެފައިވެއެވެ.

އެފްއޭއެމުން ބުނީ މި އަހަރު މެދުތެރޭގައި ފަށާ ގައުމީ ފުޓްސަލް ލީގަކީ ރޭންކިން މުބާރާތެއް ކަމަށާއި ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީވެފައިވާ ކޮންމެ ކްލަބަކަށް ވެސް ލީގުގައި ބައިވެރިވެވޭނެ ކަމަށެވެ.

އަދި ރާއްޖޭގައި ފުޓްސަލް އިންޑޯ އެއް ނެތުމުން، މި މުބާރާތް މިހާރު އޮތްގޮތުން ފަށްޓަން ޖެހިފައިވަނީ އައުޓް ޑޯ ދަނޑެއްގައި ކަމަށް ވިޔަސް، މި ކަމުގައި އޭއެފްސީގެ ލަފާ ހޯދާފައިވާ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ. ގައުމީ ފުޓްސަލް ލީގާ ބެހޭ މައުލޫމާތު ކުރިއަށް އޮތްތަނުގައި ހިއްސާކުރާނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.