English Edition
Dhivehi Edition

މިހާރު ކުރިއަށްދާ މޯލްޑިވްސް މެރިން އެކްސްޕޯ އަަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ޒިޔާރަތްކުރައްވައިފި އެވެ.

އެމަނިކުފާނު ވަނީ ވަނީ އެކްސްްޕޯގެ ސްޓޯލުތަކަށް ވަޑައިގެން، އެތަންތަނުގައި ހުރި އުފެއްދުންތައް ބައްލަވާލައްވާފަ އެވެ.

މޯލްޑިވްސް މެރިން އެކްސްޕޯއަކީ ރާއްޖޭގެ ބޯޓިންގ ދާއިރާ ހަރުދަނާކުރުމަށްޓަކައި ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ހަރަކާތެކެވެ.

މިއަހަރުގެ މެރިން އެކްސްޕޯގައި ބޯޓް ބިލްޑަރުން، މާލީ އަދި އިންޝުއަރެންސް ވިޔަފާރިތައް، ބޯޓުތަކަށާއި މަސްވެރިކަމަށް ބޭނުންވާ ސާމާނާއި، މެރިން ފުޑްސް ސަޕްލައި ފަދަ ދާއިރާތަކުން ބައިވެރިވެއެވެ.

އެހެން އަހަރުތަކާއި ތަފާތުކޮށް މިއަހަރުގެ އެކްސްޕޯ ކުރިއަށްދާ އިރު، މިފަހަރުގެ އެކްސްޕޯގައި ޑައިވިންގ ދާއިރާއަށް ޚާއްސަ އިސްކަމެއް ދީފައިވާކަން ފާހަގަކޮށްލެވެ އެވެ. އަދި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކާއި، މެރިން ސިނާޢަތުގެ އެކި ކަންކަމާއިގުޅޭ ސެމިނަރތައް ވެސް ކުރިއަށް ދެއެވެ.

މެރިން އެކްސްޕޯގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ބޯޓިން ސިނާޢަތުގައި ހުރިހާ ސްޓޭކް ހޯލްޑަރުންނާއި އެއްތަނަކުން ބައްދަލުވެ، އެސިނާޢަތުގެ ވިޔަފާރި އިތުރަށް މާކެޓްކުރެވޭނެ ފުރުޞަތު ފަހިކޮށްދިނުމެވެ.