English Edition
Dhivehi Edition
ފަރެސްމާތޮޑާ އެއަރޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ފަރެސްމާތޮޑާ އެއާޕޯޓުގެ ސަބަބުން އެރަށުގެ ރައްޔިތުން ބޮޑު ތަކްލީފަކުން ސަލާމަތް ކޮށްދީފި ކަމަށް ފަރެސްމާތޮޑާ ކައުންސިލުގެ ރައީސް އަހުމަދު އިމްތިޔާޒް ވިދާޅުވެއްޖެ އެވެ.

ފަރެސްމާތޮޑާ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ އެރަށުގެ ރައްޔިތުން މާލެ ދިއުމަށް މީގެކުރުން ދާން ޖެހެނީ ގދ. ކާޑެއްދޫ އެއާޕޯޓަށް ކަމަށާއި މިއީ ވަރަށްބޮޑު ތަކުލީފެއް ކަމަށެވެ. ނަމަވެސް އެއާޕޯޓާއި އެކު ގަދަ ކަނޑުގައި ދުއްވާފައި ދިއުމުގެ ތަކްލީފުން ސަލާމަތްކޮށްދީފި ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ފަރެސްމާތޮޑާއި އެއާޕޯޓަކީ އެ ސަރަހައްދަށް ލިބުނު އިގްތިސާދީ ބޮޑު ކުރިއެރުމެއް ކަމަށާއި، ދަތުރުފަތުރު ކުރުމުގެ ނިޒާމަށް ލިބުނު ފަސޭހަ މަގެއް ކަމަށް ވެސް ވިދާޅުވި އެވެ. އަދި މި އެއާޕޯޓަކީ މުޅި އެ އަތޮޅަށްވެސް ލިބުނު އިގްތިސާދީ ބޮޑު ކުރިއެރުމެއް ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވަނީ މި އެއާޕޯޓުގެ ހަގީގީ ކުލަ ޖައްސަވާ ދެއްވާ ފަރެސްމާތޮޑާގެ ރައްޔިތުން 2018 ވަނަ އަހަރު ރައީސް ސޯލިހު ކެމްޕޭނަށް ވަޑައިގެންނެވުމުން އެދުނު ގޮތަށް ހުއްޓުނަ ނުދީ އެއާޕޯޓް ނިންމަވާދެއްވިކަމަށްޓަކައި ރައީސް އަށް ޝުކުރު އަދާކުރައްވާފަ އެވެ.