English Edition
Dhivehi Edition
ފޮޓޯ: ޖޭޕީ

މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ކެންޑިޑޭޓަރު ނެރެން ފާސްކޮށްފި އެވެ.

އެ ޕާޓީން މިގޮތަށް ފާސްކޮށްފައިވަނީ މާރޗު 14 ވީ އަންގާރަ ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ 151 ވަނަ ބައްދަލުވުމުގަ އެވެ. ޖޭޕީގެ ކެންޑިޑޭޓަކު ނެރުމަށް ކައުންސިލުން ފާސްވީ ކައުންސިލްގެ އިއްތިފާގުން ނެވެ.

އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށްވާއިރު، ކައުންސިލްގެ އިއްތިފާގުން ފާސްކުރީ ރިޔާސީ އިންތިހާބުގައި ގާސިމް ވަކިން ވާދަކުރެއްވުމަށާއި ކޯލިޝަން ހަދަން ބޭނުންވާ ޕާޓީތަކާ އެކު އިންތިޚާބު ކާމިޔާބުކުރުމަށެވެ.

ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުން އަންނަ އެކި ބޭފުޅުންނާ ބައްދަލު ކުރައްވައ، ގާސިމް ވަނީ މަޝްވަރާ ވެސް ކުރައްވާފައެވެ.

އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ މަންދޫބުންނާއި ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެމަނިކުފާނުގެ މަންދޫބުންނާ ބައްދަލު ކުރައްވާފައެވެ. އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި، އެމްއާރުއެމްގެ ރައީސް، އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނާ ވެސް ވަނީ ބައްދަލު ކުރައްވާފަ އެވެ.

މިހާރުގެ ސަރުކާރު ހިމެނޭ ކޯލިޝަންގައި ވެސް ޖޭޕީ ހިމެނޭއިރު، ޖޭޕީއަކީ ސަރުކާރުގެ 33 ޕަސެންޓް ހިއްސާދާރެކެވެ.

ރައީސް ސާލިހުގެ ކެބިނެޓްގެ ތިން ޕޯސްޓާއި، އެކި ވުރާޒާތަކުގެ ސިޔާސީ މަގާމުތަކާއި ކުންފުނިތަކުގެ އިސްވެރިންގެ ގޮތުގައި ޖޭޕީ ސްލޮޓްތަކުގައި ގިނަ ބަޔަކު ދަނީ ހަރަކާތްތެރިވަމުން ނެވެ.