English Edition
Dhivehi Edition

މާލޭ ސިޓީ ކައުސްސިލުގެ މަދަހަ މުބާރާތް ފަށައިފި އެވެ.

މިއަހަރުގެ މުބާރާތުގައި އެކި އުމުރުފުރާއިން 304 ދަރުވަރުން ބައިވެރިވެފައިވާއިރު، މި މުބާރާތް ކުރިއަށް ގެންދަނީ “މާލޭ ސިޓީ ކައުންސިލް މަދަޙަ މުބާރާތް 1444” ގެ ނަމުގަ އެވެ.

ޖުމްލަ ހަ އުމުރުފުރާ އަކަށް ބަހާލައިގެން މިއަހަރު ކުރިއަށް ގެންދާ މި މުބާރާތުގައި އަގުހުރި އިނާމުތަކެއް ދިނުމަށް ވަނީ ނިންމާފަ އެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ މިއަހަރުގެ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ޤުރުއާން މުބާރާތެއް ވެސް ބާއްވާފަ އެވެ. އެ މުބާރާތުގެ ރެކޯޑިންގ ނިންމާފައިވާއިރު، މި މުބާރާތުގައި 756 ކުދިން ބައިވެރިވެފައި ވެއެވެ.