English Edition
Dhivehi Edition

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ގއ. ޖުޑިޝަރީ ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް އިބްރާހިމް އިޙްސާން އައްޔަންކޮށްފިއެވެ.

އަލްއުސްތާޛު އިބްރާހީމް އިޙްސާން މިމަގާމަށް އައްޔަންކޮށްފައިވަނީ ދިވެހިރާއްޖޭގެ ކުރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ކޮށްފައިވާ ނަންބަރު (IUL) 195-C/1/2023/1 އިޢުލާނުގެ ދަށުން “ކްރިމިނަލް ކޯޓަަށް ކުރިމަތިލާފައިވާ ފަރާތްތަކާއި ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ”އިން އިންޓަރވިއުކުރުމަށްފަހު ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާތީ ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

އަލްއުސްތާޛް އިބްރާާހީމް އިޙްސާން އަކީ 2018 އޮކްޓޫބަރު 29 ވަނަ ދުވަހު މަޖިސްޓްރޭޓްކަމަށް ޢައްޔަން ކުރެވި, މި ވަގުތު ގއ.ޖުޑީޝިއަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ކަމުގެ މަޤާމް އަދާކުރައްވަމުންގެންދަވާ ފަނޑިޔާރެކެވެ. އަލްއުސްތާޛް އިބްރާާހީމް އިޙްސާން ވަނީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީއިން ޤާނޫނީ ރޮނގުން ބެޗްލަރ އޮފް ލޯ (އޮނަރސް) ހާސިލްކުރައްވާފައެވެ. މެޖިސްޓްރޭޓްކަމަށް އައްޔަން ކުރުމުގެ ކުރިން އެމަނިކުފާނުވަނީ 2016 ވަނަ އަހަރުން ފެށިގެން ލީގަލް އޮފިސަރއެއްގެ ގޮތުގައި ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގައި މަސައްކަތްކުރައްވާފައެެވެ.

އަލްއުސްތާޛު އިބްރާހީމް އިޙްސާން ފަނޑިޔާރުކަމުގެ ހުވާ ކުރެއްވުމަށްް ހަމަޖެހިފައި ވަނީ 2023 މާރިޗު 13ވާ ހޯމަ ދުވަހުއެވެ.