English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހުރުކް ހާންގެ އަންހެނުން ގައުރީ ހާން އަށް މަކަރު ހެދިކަމަށް ބުނެ ގިނަ ތުހުމަތުތަކެއްކޮށް އޭނާގެ މައްސަަލަ ފުލުހަށް ހުށަހަޅައިފިއެވެ.

މި މައްސަލައަކީ 2016 ވަނަ އަަހަރު ލަކްނޯގައި ހުރި ގެއެއް ވިއްކާލުމަށް ކުރި މުއާމާލާތެއްގައި އިތުބާރު ގެއްލޭފަދަ ގޮތަކަށް ވާހަކަދައްކާފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ،

މުމްބާއީއަށް ނިސްބަތްވާ ރައްޔިތަކު ހުށަހަޅާފައިވާ މި މައްސަލައިގައި ބުނީ “ޓޫލްސިއާނީ ގްރޫޕް” އަށް 86 ލައްކަ ރުޕީޒް ދީގެން އޭނާ ގެއެއް ގަތްކަމަށެވެ. އަދި އެ ގެ އޭނާއަށް 2016 ވަނަ އަހަރު ލިބޭނެކަމަށް ބުނި ނަމަވެސް މިހާތަނަށް އޭނާއަށް އެ ގެ ލިބިފައިނުވާކަމަށް ވަނީ ބުނެފައެވެ،

ގައުރީގެ އިތުރުން އޭނާ ބްރޭންޑް އެންބެސެޑަރުކަން ކުރާ ކުންފުނި، “ޓޫލްސިއާނީ ގްރޫޕް” ގެ ޗީފް މެނޭޖިން ޑިރެކްޓަރު އަނިލް ތުލްސިއާނީގެ އިތުރުން އެ ކުންފުނީގެ ޑިރެކްޓަރު މަހޭޝް ތުލްސިއާނީއާ ގެ މައްސަލަވެސް ވަނީ ފުލުހަށް ހުށަހަޅާފައެވެ.

ގައުރީ އާއި ޓޫލްސިއާނީ ގްރޫޕްގެ މީހުންނާއި ދެކޮޅަށް ހުށަހަޅާފައިވާ މި މައްސަލަ އާއި ގުޅިގެން އެ ފަރާތްތަކުން އަދި ވަކި އެއްޗެއް ބުނެފައިނުވާއިރު މިކަމުގައި ގައުރީގެ ބައިވެރިވުން ހިމެނެނީ ކިހާވަރަކަށް ކަން ވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.