English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެމްބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަން، އޭޕްރިލް މަހުގެ 15 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައި، އެކަން އިއުލާނުކޮށްފިއެވެ.

މަޖިލީހުގެ ކ.ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި މިވަނީ، އެ ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވި، އިބްރާހިމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ.

ރިޒާ އަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ޓިކެޓުގައި އިންތިޚާބުވެވަޑައިގެންނެވި މެމްބަރެކެވެ.

ރިޒާ އަވަހާރަވުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ކ، ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ދުވަސް ކަނޑައަޅާފައިވާއިރު، އެމްޑީޕީން ވަނީ ބައި އިލެކްޝަންގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ޕްރައިމަރީއެއް ބާއްވަން ނިންމާފައިވާކަން ވެސް އިއުލާނުކޮށްފައެވެ.

އެމްޑީޕީން ބުނީ، އެ ދާއިރާ އަށް އެ ޕާޓީގެ ޓިކެޓްގައި ވާދަކުރުމަށްޓަކައި ބާއްވާ ޕްރައިމަރީ އަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު ހަތަރެއް ޖެހުމާ ހަމައަށް ހުޅުވާފައިވާ ކަމަށެވެ