English Edition
Dhivehi Edition

ތެލުގެ ބާވަތްތަކުގެ ޑިއުޓީ 10 އިންސައްތައިން 5 އިންސައްތައަށް ކުޑަކުރުމަށް ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމުން ރައްޔިތުންގެ މަޖިިލީހަށް ފޮނުވައިިފިއެވެ. ޕެޓްރޯލްއާ ޑީސެލް ތެލުން ނަގާ ޑިއުޓީ ކުޑަ ކުރަން އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ބަދަލު ގެނައުމަށް ސަރުކާރުން ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މި އިޞްލާޙް މިހާރު ވަނީ މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައެވެ. އެ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން ރާއްޖެ އެތެރެ ކުރާ ތެލުން ޑިއުޓީގެ ގޮތުގައި 10 ޕަސަންޓު ނަގަން ޖެހެ އެވެ. މި އިޞްލާޙް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ ޕީޕިއެމްގެ ޕީޖީ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަޙްމަދު ނިހާން ޙުސައިން މަނިކެވެ. ނިހާން މި އިސްލާހު ހުށަހެޅީ އާންމު ބޭނުންތަކާއި އަސާސީ ހިދުމަތްތަކަށް ހިނގާ ހަރަދު ކުޑަ ކުރުމަށާއި ތެލުގެ އަގު ހެޔޮކޮށް، ރައްޔިތުންނަށް ލުއި ފަސޭހަ ގޮތެއް ހަމަޖައްސާދިނުމަށް ކަމަށް އިސްލާހުގައި ބުނެފައިވެއެވެ. ނިހާން ވިދާޅުވީ މިއީ ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފަސޭހަކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފޮނުވި ބިލެއްކަމަށެވެ. މި ބިލް ސަރުކާރުން މަޖިލީހަށް ފޮނުވި ބޭނުންތަކުގެ ތެރޭގައި ކަރަންޓާއި ކާބޯތަކެއްޗާއި އެހެންވެސް އަސާސީ ބާވަތްތަކުގެ އަގުދައްކުރުމަށް މަހުފަހިކުރުން ހިމެނެއެވެ. ސަރުކާރަށް ލިބޭ ޢާމްދަނި މަދުވިނަމަވެސް ރައްޔިތުންނަށް ލުއިގޮތް ހޯދައިދިނުމަކީ، ސަރުކާރުން މި ބިލް ހުށައެޅުމުގެ މުހިންމު މަޤްޞަދެއްކަމަށް އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވިއެވެ.