English Edition
Dhivehi Edition

އައްޑޫސިޓީގެ މަރަދޫ، މަރަދޫފޭދޫ، ފޭދޫގެ ރައްޔިތުންގެ ތެރެއިން މުދަލު ޒަކާތް ހައްގުވާ މީހުންނަށް ޒަކާތް ބެހުން މާދަމާ ހެނދުނު އޮނާނެއެވެ.

ކުރިން ހަމަޖެހިފައިއޮތީ މަރަދޫފޭދޫގައި ހުންނަ ފެނަކަ އޮފީހުގައި ޒަކާތް ބަހާގޮތަށެވެ. އެހެންނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ޒަކާތްބަހާ ތަން މިހާރުވަނީ ބަދަލުވެފައި ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން ޒަކާތް ބެހުން އޮންނާނީ މަރަދޫގައި ހުންނަ ތަދުރީސުލް ގުރުއާން ކުލާސް ހިންގާ އިމާރާތުގައި ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.

މުދަލު ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:00 އިން މެންދުރު 13:30 އަށެވެ.
އިސްލާމިކް މިނިސްޓްރީން ކުރިން ކުރައްވާފައިވާ އިއުލާނެއްގައި ބުނެފައިވަނީ ފަގީރުންގެ ލިސްޓުގައި ނަންނޯޓު ކޮށްފައިވާ މީހެއްގެ އައިޑީ ކާޑު ހިފައިގެން ބަދަލުގައި މީހަކު އަޔަސް އެ ފައިސާ އެމީހަކަށް ދޫކުރައްވާނެ ކަމަށެވެ. މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 900 ރުފިޔާ ޖެހެއެވެ.