English Edition
Dhivehi Edition
ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މާދަމާއަކީ މިއަހަރުގެ ފިޠުރުޢީދު ދުވަސްކަމަށްވާތީ ފިޠުރު ޒަކާތް ބަލައިގަތުން ކުރިއަށްދާނެ އެންމެ ފަހު ވަގުތަކީ މިއަދުގެ އިރުއޮއްސި 6:00 ޖަހަންދެން ކަން އިސްލާމިކް މިނިސްޓްރީން ހަނދުމަކޮށްދީފިއެވެ.

އެ މިނިސްޓްރީން ބުނީ ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމާއި ބެހުން އަދި ފައިސާއިންނާއި ގޮވާމުން ވެސް ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ މިއަދު ހެނދުނު 10:00 އިން އިރުއޮއްސި 6:00 ޖަހަންދެން ކަމަށެވެ. އަދި އެ މިނިސްޓްރީގެ މިނިސްޓްރީގެ ކައުންޓަރުން ފިޠުރުޒަކާތް ބަލައިގަންނާނެ ކަމަށެވެ.

މީގެ އިތުރުން ބަނޑޭރި ޕޭއިން އޮންލައިންކޮށް ވެސް ހެނދުނު 10:00 އިން އިރުއޮއްސި 6:00 އަށް ފިތުރު ޒަކާތް ބަލައިގަންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

(އޮންލައިންކޮށް ފިޠުރު ޒަކާތް ދައްކާނެ ލިންކް)

https://islamicaffairs.gov.mv/?page_id=4819