ފަންނުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީންކުރުމަށް އާރޓް އެންޑް ކްރާފްޓް ވޯކްޝޮޕެއް ބާއްވަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ އެ ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އެއް މަސް ދުވަހުގެ މުއްދަތަށް ކަމަށާއި، އެ ވޯކްޝޮޕަކީ އެއްވެސް ފީއެއް ނުނަގާ ހިލޭ ހިންގައިދޭ ވޯކްޝޮޕެއް ކަމަށެވެ. އަދި އެ ވޯކްޝޮޕް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މާރިޗު މަހު ކަމަށްވެސް އެ ކައުންސިލުން ހާމަކުރެއެވެ.
އެހެންކަމުން އެ ވޯކްޝޮޕްގައި ބައިވެރިވުމަށް ޝައުޤުވެރިވާ އުމުރުން 18 އަހަރާ 25 އަހަރާ ދެމެދުގެ ޒުވާނުން އެކަމަށް އެދޭ ފޯމް ފުރިހަމަކޮށް 2023 މާރިޗު 08 ވާ ބުދަ ދުވަހު 14:00 ގެ ކުރިން އެ ކައުންސިލްގެ އީމެއިލް އެޑްރެސް، [email protected] އަށް މެއިލްކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.