English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ކ.ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާގެ ކުއްލިވަކިވުމާއެކު މުޅި މަޖިލީހަށާއި ރިޒާ ނިސްބަތްވެ ވަޑައިގަންނަވާ ޕީޕީއެމްއަށް މިއަދަކީ ވަރަށް ހިތާމަވެރި ދުވަހެކެވެ.

ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅުގައި ފަރުވާ ހޯއްދަވާތާ ގިނަ ދުވަސްތަކެއްފަހުން ރޭ މެލޭޝިއާގައެވެ. 17 ވަނަ ރައްޔިތުންގެ މަޖިލީހާއި އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ރައްޔިތުންނަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ރިޒާ އަވަހާރަވުމާއި ގުޅިގެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން މަޖިލީސް މެމްބަރުންނާއި ރިޒާ އާއި އެކު މަސައްކަތްކުރި ފަރާތްތަކުން އަންނަނީ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ،

މި ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރިޒާއަކީ ރައްޔިތުންގެ މަޖިލީސް ގެ މެމްބަރުކަން ތިން ދައުރުގައި ކުރެއްވި ރާއްޖޭގެ ސިޔާސީ ހަޔާތުގައި ނުހަނު ބޮޑު ބައިވެރިއެއްކަމަށެވެ. އަދި ރިޒާ އަކީ ރާއްޖޭގެ ސިޔާސީ ޕާޓީގެ ނިޒާމު ބަދަރުކުރުމުގެ ހިއްސާ ދާރެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. “މާތް ﷲ މަރްހޫމް އަށް ސުވަރުގެ މިންވަރު ކުރައްވާ އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން.” ނަޝީދުގެ މެސެޖުގައި ވިދާޅުވިއެވެ.

މީގެ އިތުރުން މާމިގިލީ ދާއިރާގެ މަޖިލީސް މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުކުރެއްވި ޕޯސްޓެއްގައިވަނީ ރިޒާ އަވަހާރަވި ޚަބަރު އެހީ ފުން ހިތާމަޔާއި އެކުގައިކަމަށެވެ. “މާތްﷲ، މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!” ގާސިމްގެ ޓުވިޓްގައި ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިޒާ އަވަހާރަވި ހަބަރު އެ ކޯލިޝަންގެ އެންމެހައި މެންބަރުން އެހީ ވަރަށްވެސް ފުން ހިތާމައާއި އަސަރާއެކު ކަމަށެވެ. މީގެ އިތުރުން ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނީ ރިޒާއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ވަރަށް ދިގު މުއްދަތަކަށް ހުންނަވައިގެން އަދި ޤާނޫނީ ވަކީލެއްގެ ގޮތުގައިވެސް ދިވެހި ދައުލަތަށްވެސް އަގު ނުކުރެވޭ ހިދުމަތްތަކެއް އިހުލާސްތެރިކަމާއެކު ކުރެއްވި ބޭފުޅެއްކަމަށެވެ.