English Edition
Dhivehi Edition
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް - ފޮޓޯ: އަވަސް

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ޙުކުމް އިސްތިއުނާފުކުރުމަށް ހައި ކޯޓަށް މިއަދު ހުށަހަޅައިފިއެވެ. ރައީސް ޔާމީންގެ ފަރާތުން މި މައްސަލަ އިސްތިއުނާފުކޮށްފައިވަނީ އެމަނިކުފާނުގެ ޤާނޫނީ ވަކީލު، ޑރ. މުޙައްމަދު ޖަމީލް އަޙުމަދެވެ.

އެކަން ހާމަކުރައްވައި ޑރ. ޖަމީލް މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ރާއްޖޭގައި ޤާނޫނުގެ ވެރިކަން ނެގެހެއްޓޭނީ ސަރުކާރުގެ ނުފޫޒުން މިނިވަން ވެފައިވާ ޖުޑިޝަރީއެއް އޮވެގެން ކަމަށެވެ.

“ވަކި ޙުކުމެއް ކުރާތީ ފަނޑިޔާރުންނަށް ޕްރޮމޯޝަން ދިނުމާ އޯޑިއޯތައް ލީކުވުންފަދަ ކަންތައް ގޯސް. إنْ شاء الله. ކާމިޔާބުވާނެ”، އެ ޓްވީޓްގައި ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

25 ޑިސެންބަރު 2023 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވަނީ ވ. އާރަށުގެ މައްސަލައާ ގުޅިގެން އުފުލާފައިވާ މަނީލޯންޑްރިންގ އާއި ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާ ސާބިތުވުމުންނެވެ.

ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަންގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެންފައިވާ ރައީސް ޔާމީނަށް މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވޭނީ އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޙުކުމް މަތީ ކޯޓަކުން ބާތިލްކުރުމުންނެވެ.