އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ މައްސަލައެއްގައި މީހަކު ހޯދަން އިޢުލާންކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރާ ގޮތުގައި އޭނާ ހޯދަމުންދަނީ ދައުލަތުން ދައުވާކުރާ، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ފުލުހުންގެ ބަންދުގައި ބަހައްޓައިގެން 2023 ފެބްރުއަރީ 23 ވަނަ ދުވަހުގެ 11:15 އަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
މިގޮތުން މި އަމުރާ ގުޅިގެން ހޯދަމުން ދަނީ ގދ. ފަރެސްމާތޮޑާ، ގެސްޓްހޯމް، އަޙްމަދު ނާފިޢު (34އ) އެވެ.
އޭނާއާ އަޙްމަދު ނާފިޢުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.