English Edition
Dhivehi Edition
ޖެންޑަރ މިނިސްޓްރީގެ އައު އޮފީސް - ފޮޓޯ: ރައީސް އޮފީސް

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ އައު އޮފީސް އިމާރާތުގެ އިންޓީރިއާ ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.

ޖެންޑަރ މިނިސްޓްރީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ އުމަރު ޒާހިރު އޮފީސް އިމާރާތުގެ އެ މިނިސްޓްރީއަށް ލިބިފައިވާ 22،000 އަކަފޫޓްގެ ޖާގައިގެ އިންޓީރިއާ ޑިޒައިން ކުރުމަށް ބޭނުންވާ ކަމަށެވެ.

މިގޮތުން މި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުން އޮންނާނީ 23 ފެބުރުވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި ކަމަށާއި، އަންދާސީ ހިސާބު ހުށަހަޅާނީ 2 މާރިޗު 2023 ވާ ބުރާސްފަތި ދުވަހުގެ 08:30 އަށް އެ މިނިސްޓްރީއަށް ކަމަށް އިޢުލާނުގައި ބުނެފައިވެއެވެ.

މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް އަދި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާތިލްކުރެވޭނެ ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.

ޖެންޑަރ މިނިސްޓްރީ ހުޅުމާލެއަށް ބަދަލުކޮށްފައިވަނީ 15 ފެބުރުވަރީ 2023 ވަނަ ދުވަހުން ފެށިގެންނެވެ. މިގޮތުން މިހާރު އެ މިނިސްޓްރީ ހިނގަމުންދަނީ ހުޅުމާލޭގައި އިމާރާތްކޮށްފައިވާ އުމަރު ޒާހިރު އޮފީސް އިމާރާތުގައެވެ.