English Edition
Dhivehi Edition

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ކޮންމެ އަހަރަކު ދެމުން އަންނަ ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

2014 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މި އެވޯޑުގެ މަޤްޞަދަކީ ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރު ފާހަގަ ކުރުމެވެ. އަދި މުޖުތަމަޢުގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމެވެ.

މީގެ އިތުރުން އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި، ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު، ޤައުމީ ފެންވަރެއްގައި ވަޒަން ކުރުމެވެ.

މި އެވޯޑަށް މި އަހަރު ކުރިމަތިލެވޭނެ ދާއިރާތަކަކީ:

  1. ވަކި ވަކި އަންހެނުންނަށާއި ޖަމުޢިއްޔާ/ ޖަމާޢަތްތަކަށް އެވޯޑަށް ހުށަހެޅޭ ދާއިރާ
    • ލީޑަޝިޕް އަދި ގަވަރނަންސް
    • އިޤްތިޞާދީގޮތުން ބާރުވެރިކުރުން
    • އިޖުތިމާޢީގޮތުން ބާރުވެރިކުރުން
    • އަންހެނުން ޢާންމުކޮށް ކޮށްނޫޅޭ މަސައްކަތްތައް ނުވަތަ “ނޮން-ޓްރެޑިޝަނަލް ރޯލްސް”
  2. އިންސްޓިޓިއުޝަނަލް ޖެންޑަރ މެއިންސްޓްރީމިންގ – ވަޒީފާ ދޭ ފަރާތްތައް/ މުއައްސަސާތަކުން އެވޯޑަށް ހުށަހެޅޭ ދާއިރާ
  3. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެވޯޑަށް ހުށަހެޅޭ ދާއިރާ

މި އެވޯޑަށް ކުރިމަތިލާނެ ގޮތުގެ އިތުރު މަޢުލޫމާތު، އެވޯޑަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމު އަދި އުސޫލު މިނިސްޓްރީގެ ވެބްސައިޓު http://www.gender.gov.mvމެދުވެރިކޮށް ލިބިވަޑައިގަންނަވާނެ އެވެ. އަދި ދިވެހި ސަރުކާރުގެ ގެޒެޓު މެދުވެރިކޮށް ލިބެން ހުންނާނެ އެވެ.

މި އެވޯޑަށް އެދި ނަން ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ 13 ފެބުރުއަރީ 2023 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 އެވެ.