English Edition
Dhivehi Edition

އައްޑޫގެ ދެ ގޭންގެއްގެ ދެމެދުގައި އޮންނަ މައްސަލައަކާ ހެދި މިދިޔަ އަހަރުގެ ޖޫން މަހު މަރާލި ޒަޔާން މުހައްމަދު މޫސާގެ މަރުގެ މައްސަލައިގެ ޝަރީއަތް މިއަދު ފަށާގޮތަށް ހަމަޖައްސައިފިއެވެ.

ފޭދޫގެ ދެ ސަރައްދެއްގައި އޮންނަ ދެ ގޭންގެއްގެ ދެމެދުގައި އޮންނަ މައްސަލައަކާ ގުޅިގެން މިދިޔަ އަހަރުގެ ޖޫން މަހުގެ ގެ 2 ވަނަ ދުވަހު ހަމަލާދީ އަނިޔވާވެރި ގޮތަކަށް މަރާލި 21 އަހަރުގެ ޒަޔާން ގެ މަރުގެ މައްސަލައިގައި ހަތަރު ކުޑަކުއްޖަކާއި 18 އަހަރުން މަތީގެ ހަތް މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވެއެވެ.

އޭގެ ތެރެއިން ކުޑަކުދިންގެ ބައި ޖުވެނައިލް ކޯޓުގައި ކުރިއަށްދާއިރު، ކްރިމިނަލް ކޯޓުގައި ދައުވާކުރާ މީހުންގެ މައްސަލަ ފަށަން ތާވަލުކޮށްފައި ވަނީ މއިަދު މެންދުރު 1:30 ގަ އެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ދައުވާ ލިބޭ މީހުންނަކީ؛

1. ޔައީޝް އަންވަރު، ސ. ހިތަދޫ، ކަދުރުމާގެ

2. އައިލިޝް އަލީ، ސ. ފޭދޫ، ފުފޫމާގެ

3. އަހުމަދު ޝުއާއު، ސ. ފޭދޫ، ދިރިމާގެ

4. އަހުމަދު ނަބީލް، ސ. ފޭދޫ ސަންޝައިން

5. އަބްދުﷲ ނިޒާރު، ސ. ފޭދޫ، ކާމަރަނގަގެ

6. އަހުމަދު އަބްދުﷲ، ސ. ފޭދޫ، ކަރަންފޫގެ

7. އަބްދުﷲ ޝިޔާއު ރަޝީދު، ސ. ފޭދޫ، ދިރިމާގެ

އަމިއްލަ ގޭގެ ގޯތި ތެރޭގައި ހުއްޓައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ފަހަތުން ދިން އެ ހަމަލާގައި ޒަޔާން މަރުވީ، ލިބުނު ޒަހަމްތަކަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

ޓެގު