English Edition
Dhivehi Edition
އެމްޑީޕީ ފުވައްމުލަކު ދާއިރާގެ ކުރީގެ ރައީސް އަދި ފުވައްމުލަކު މެންބަރު މުޙައްމަދު ރަޝީދު - ފޮޓޯ: ނިޒާމްގެ ފޭސްބުކް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފުވައްމުލައް ސިޓީގެ ރައީސްކަމަށް ހަތަރު ފަރާތަކުން ކުރިމަތިލައިފިއެވެ.

މިގޮތުން އެމްޑީޕީން މިއަދު ހާމަކުރި ގޮތުގައި އެ ޕާޓީގެ ފުވައްމުލައް ސިޓީގެ ރައީސްކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި އެ މަޤާމަށް ކުރިމަތިލާފައިވަނީ މަހިލަނބުމާގެ/މާދަޑު، އަޙްމަދު މުޖްތަބާ ޢަބްދުﷲ އާއި ފަޅަގަޑިގެ/ފުނާޑު، ޙަސަން ވާސިފް ޙުސައިނާއި ނޫރީފެހި/ފުނާޑު، ސަޢުދުﷲ އަޙްމަދު ޙަސަން ދީދީ އަދި ލަކީ/މާލެގަން، މުޙައްމަދު ނޫރު އަޙުމަދެވެ.

މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލީ އެ މަޤާމުގައި ކުރިން ހުންނެވި މުޙައްމަދު ނިޒާމް ޙަސަން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެމްޑީޕީގެ ފުވައްމުލައް ސިޓީގެ ރައީސްގެ މަޤާމް ހުސްވެފައިވާތީ އެމަޤާމަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން އޮންނާނީ 4 މާރިޗު 2023 ވާ ހޮނިހިރު ދުވަހުއެވެ.