English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސްރީލަންކާގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެ ޤައުމުގެ ވެރިކަންކުރާ ސްރީލަންކާ ޕޮދުޖަނަ ޕެރަމުނާ (އެސް.އެލް.ޕީ.ޕީ.) ޕާޓީއިން ހޯދި ކާމިޔާބީ ފާހަގަކުރައްވާ، އެ ޤައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައަށް މަރުޙަބާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އިންތިޚާބު ކާމިޔާބުކަމާއިއެކު ނިމުމަކަށް އައިސްފައިވާތީ، އެ ޤައުމުގެ ރައީސްގެ އިތުރުން ސަރުކާރާއި ރައްޔިތުންނަށް ވެސް އިޙުތިރާމާއިއެކު ތަހުނިޔާ ވިދާޅުވިއެވެ.

އެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، އެސް.އެލް.ޕީ.ޕީ. އިން ހޯދި ކާމިޔާބީއިން ދޭހަކޮށްދެނީ، ސްރީލަންކާގެ ސަރުކާރުގެ ހިންގުންތެރިކަމަށް އެ ޤައުމުގެ ރައްޔިތުން ކުރާ އިތުބާރާއި ޔަޤީންކަން ކަމުގައެވެ. މީގެ އިތުރުން، ދިވެހިރާއްޖެއަކީ ސްރީލަންކާގެ ގާތް ރަޙުމަތްތެރިއެއްގެ ގޮތުގައި އަބަދުމެ ދެމިއޮންނާނެކަމުގެ ޔަޤީންކަން އަރުވައި، ދެ ޤައުމަށް ދިމާވާ އެކިއެކި މައްސަލަތަކުގައި އެކުގައި ހައްލު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.