” ޝުކުރިއްޔާ” ދެން ދަނީ ތި އިހުސާންތެރިކަން ދުވަހަކުވެސް ހަނދާން ނުނެތޭނެ! ގެއިން ނުކުންނަމުން އަޔާން ބުންޏެވެ. އަޔާން ދިއުމުން ނައިނާ ސޯފާގައި އިށީނެވެ. ” އަޔާން ހާދަ ރީއްޗެވެ. މަޑު ނޫކުލައިގެ ގަމީހަކާ ކަޅުފަޓުލޫނެއް ލައިފައި ހުރިއިރު އަޔާންގެ ފިރިހެންވަންތަކަން އިންތިހާއަށް ފެނެއެވެ. ހެދިހުރި އިސްކޮޅާ ގައިގެ ކުލަވަރަކީ ކޮންމެ އަންހެންކުއްޖަކުވެސް ފިދާވެދާނެ ކުލަވަރެކެވެ. އޭނާގެ އެމަޑުމައިތިރިކަން އެއީ ގުދުރަތުން އޭނާއަށް ދެއްވާފައިވާ ޚާއްޞަ ސިފައެކެވެ. ނައިނާގެ ހިތުގައި އަޔާންގެ ސިފަތައް ރީތި މިޔުޒިކެއް ފަދައިން އިވެމުން ދިޔައެވެ.
” އަޔާން އަހަރެންދެކެ ލޯބިވޭ ބާވައެވެ. ނޫނީ އަނެއްކާ އަހަންނަށް އަޔާންދެކެ ލޯބި ވެވުނީ ބާވައެވެ. އެކަމަކު އަޔާންއަކީ ކާކުކަން އަދި ނުވެސް އެނގެއެވެ. އެނގޭހާވެސް އެއްޗަކީ އަޔާންއަކީ ވަރަށް ރީތި ސިފަތަކެއްގެ މިލްކުވެރިއެއް ކަމެވެ.
” ދަރިފުޅާ ނައިނާ އާދެބަލަ ބަދިގެ ތެރެއަށް ހަވީރަށް މި މަސްރޮށިކޮޅު ފިހެލަދެން” މަންމަގެ އަޑަށް ނައިނާ އަޔާން ޚިޔާލުތަކުން ސިއްސައިގެން ގޮސް ނުކުމެވުނެވެ. އަވަސް އަވަހަށް ބަދިގެއަށް ދިޔައެވެ. އަދި މަންމަ ބުނި މަސައްކަތް ކުރަން ފެށިއެވެ. އެމަސައްކަތުގައި އަވަދިނެތި އުޅެނިކޮށް ބަދިގެ ތެރެއަށް ވަދެގެން އައީ ނައިނާގެ އެންމެގާތް އެކުވެރިޔާ ޝީނާއެވެ. ” ހާދަ މީރުވަސް ދުވައޭ.. އަނެއްކާ ކޯއްޗެއް ތި ހަދަނީ… އަހަނ … ޝީނާ މިގަޑީގަ.. ރޭގަވެސް އަންނާނަމޭ ކިޔާފަ ނާންނަމެއްނު… އާނ ރޭގަ ކަމެއްގަ ވަރަށް ބީޒީވީއޭ،، ސޮރީ،، މިހާރު މިއައީނު.. އެވަގުތަކީ ނައިނާގެ މަންމަ ބަދިގޭގައި ނޫޅޭ ވަގުތެކެވެ. ވީ ކައިރި ފިހާރައަކަށް އެއްޗެއް ގަންނަން ގޮހެވެ.
” ނައިނާ ވާހަކައެއް ދައްކާލަން މިއައީ… ” އަސްލުވެސް ކޮންވާހަކައެއް،، އަވަހަށް ބުނޭ މަވެސް އެބައޮތް ވާހަކަ ދައްކާލަންވެފަ… އެކަމަކު އެންމެ ފުރަތަމަ ޝީނާ ބުނޭ! ” އަޅެ އަހަންނަން ވަރަށް ރީތި ފިރިހެން ކުއްޖަކު ފެނިގެން މިއުޅެނީ… ދެތިން ދުވަސް ވެއްޖެ ފެންނަތާ،، ކުރިން ނުފެންނަނީ ކީއްވެބާއޭ ހިތަށްއަރާ! އަޅެ ހާދަ ހެންޑްސަމްއޭ” ޝީނާ ހީވަނީ ފިލްމީ ޑައިލޮގެއް ކިޔާހެން” ސާބަހޭ އަނެއްކާ ބިދޭސީއެއްތަ؟ ނައިނާ ޝީނާއާ ދިމާކޮށްލިއެވެ. ” ސާބަސް ދިވެއްސެކޭ.. އެކަމަކު ހީވަނީ ޝާހިދު ކަޕޫރުހެން،، ހަމަ އަސްލުވެސް ވަރަށް ރީތި.. އެކަމަކު ނޭނގެ އަދި ކިޔާ ނަމެއްވެސް،، އުޅެނީ ކޮން ގެއެއްގަ ކަމެއްވެސް! މިތިން ދުވަހުވެސް ފެންނަނީ ސައިކަލުގަ ދާތަން! އަޅެ ހިނގާބަލަ އޭނަ ފެނޭތޯ މިރޭ ބުރެއް ޖަހާލަން… ޝީނާ އެހެން ބުނުމުން ނައިނާ އާއެނކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
” ދެން ބުނެބަލަ ނައިނާ ކޮންވާހަކައެއްތަ ކިޔައިދޭން ތި އުޅެނީ… އަހަރެން ދޯ… އެވަގުތު ނައިނާގެ މަންމަ އައިސް ބަދިގެއަށް ވަނެވެ. ” އަހަނ ޝީނާ ކޮންކަމެއް! ހަވީރު ސައިބޮއިގެންދާން މަޑުކުރައްޗޭ! ޝީނާއަކީ ފޯރާ ކުއްޖަކަށް ވާތީ ނައިނާގެ މަންމަ ފާއިޒާ ޝީނާދެކެ ވަރަށް ލޯބިވާނެއެވެ. ” ސައިބޯކަށް ނުހުރެވޭނެ،،އެހެން ފަހަރަކުން ސައިބޯން އަންނާނަން… ދެން އެވާހަކަ ނުދެއްކޭނެކަން އެނގޭތި ޝީނާ ޖަވާބު ދިނީ އެގޮތަށެވެ. އަދި ނައިނާއާ ދިމާއަށް ދޯ ނައިނާ ވަރަށް ލަސްވެގެން ދާން އުޅެނިކޮށް ފާއިޒައްތަ ތިއައީއޭ ބުނެ ބުންޏެވެ. ނައިނާ ޝީނާގެ ވާހަކަ ތަކާ އެއްބައިވަމުން އާއެނކޭ ބުންޏެވެ.
” އެންމެ ރަނގަޅު މާދަމަ ވާނެ ކޮންމެހެންވެސް މިގެއަށް އަންނަން.. ދައްތަގެ ވަރަށް ގާތް މާލޭގެ ދެމަފިރިއަކާ އެމީހުންގެ ދަރިފުޅު މާދަމާ އެބައާދޭ މިރަށަށް. ދައްތަ ބޭނުން ވަރަށް ރަނގަޅު ކެއުމެއް އެމީހުންނަށް ތައްޔާރު ކުރަން… ” އިރާދުކުރެއްވިއްޔާ އަންނާނަން ދައްތާ.. ދެން ދަނީ އެހެން ބުނުމަށް ފަހު ޝީނާ ދިޔައިއެވެ. ނައިނާއާ އޭނާގެ މަންމަ ސައި ހެދުމައިގެން އަވަސް ވިއެވެ.
އަޔާން ގޮސް ގެއަށް ވަނުމާއެކު އޭނާގެ މަންމަގެ ދެލޯ ބޮޑުވިއެވެ. ” ދަރިފުޅާ ކިހިނެތްވީ! މަންމަ ވަރަށް ގުޅައިފިން ދަރިފުޅުގެ ފޯނަކަށް ނުވެސް ގުޅޭ،، އެކްސިޑެންޓެއްވީތަ! އަޒީޒާ ކަންބޮޑުވެގެން ހުރެ އެތައް ސުވާލެއް ކުރަމުން ދިޔައެވެ. ” މަންމާ އެހާ ކަންބޮޑުނުވޭ މާބޮޑުކަމެއް ނުވޭ! ސައިކަލު އަރިއަޅާލައިގެން ވެއްޓުނީ،، އެއްވެސް ތާކަށް މިހާރަކު ތަދެއް ނުވޭ! ” އަޅެ ދަރިފުޅު މަރުކަޒަށް ދިޔައިރު މަންމަގެގާތު ބުނެލިނަމަ! މަރުކަޒަކުން ނޫނޭ ބޭސްއެޅީ،، މަންމާ ! ރައްޓެހި ކުއްޖެއްގެ ގެއިން، އޭރު އަޔާންގެ މޫނުމައްޗަށް ހިނިތުންވުން ވެރިވެއްޖެއެވެ. އިޚުތިޔާރަކާ ނުލައި އެހިނިތުންވުން އަންނަނީ އޭނާގެ ހިތުގެ އަޑިންނެވެ.
” ދަރިފުޅު ކީއްވެތަ މިހާރަކަށް އައިސް އަބަދު ހެވިފަ ތިހުންނަނީ،، މަންމަ ވަރަށް އުފާވޭ ދަރިފުޅު ތިހާ އުފަލުގަ ހުންނާތީ…” މަންމަމެން ތިހާ ރަނގަޅުއިރު ކީއްވެގެން އަހަރެން ދެރަވެފަ ހުންނަންވީ، ” މަންމަމެން މީގެ ކުރީގަވެސް ރަނގަޅެއް ނޫންތަ ދަރިފުޅަށް! އަޒީޒާވެސް އެހެން ބުނީ ކަމެއް އެނގޭ ކަހަލަ ގޮތަށެވެ. މަންމަގެ މޫނު ފެނުމުން އަޔާން ވަރަށް ލަދުގަތެވެ. މަންމައަށް ޝައްކެތްވަނީބާއޭ ހިތަށް އެރިއެވެ. ” އާނ މަންމަމެން އަބަދުވެސް ރަނގަޅޭ،،، އެހެން ކިޔަމުން އަޔާން އަވަސް އަވަހަށް ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
އެވަގުތު ނާމީގެ ގުޅިއެވެ.” ދަރިފުޅާ ދޫންޏާ ކޮންތާކު އުޅޭ ދުވަހެއް! ވަދުއަޅަން ނުކުތީތަ،، ފޯނުވެސް ނިވާލައިފަ ވިއްޔަ ތިޔަ އޮންނަނީ… އަޅެފަހެ ކޮންތާކުތަ ތިއުޅެނީ! ނާމީ އަދުހަމާ ދިމާކޮށްލިއެވެ. ކަންތައްތައްވީ ހުރިހާ ގޮތެއް އަޔާން ނާމީއަށް ކިޔައިދިނެވެ. ނާމީ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ” މިހާރުދެން މަށަށް ހީވަނީ ނައިނާގެ ހިތުގަވެސް ތިޔަބޭފުޅާގެ އަސަރުތައް ހުންނާނީ ރަނގަޅަށް ހަރުލައިފަހެން، ހުރިހާ ޒަޚަމްތަކެއް ފަސޭހައެއް ނުވޭތަ! ”ނާމީ އަނެއްކާވެސް ދިމާކޮށްލިއެވެ. ފޯނެއް އެބައާދޭ.. އިހަށް ބާއްވަނީ… ނުދަންނަ ނަމްބަރަކުން ގުޅިޔަސް އެނަމްބަރު ފެނުމާއެކު އަޔާންގެ ހިތް ބާރަށް ތެޅެން ފެށިއެވެ. ( ނުނިމޭ )