English Edition
Dhivehi Edition
ކްރިމިނަލް ކޯޓު - ފޮޓޯ: އަވަސް

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަަން ސައީދު 14 ދުވަހުގެ މުއްދަތަށް ސަސްޕެންޑު ކޮށްފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގާޒީ ހަސަން ސައީދު ސަސްޕެންޑް ކުރަން ނިންމީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާތީ ޖޭއެސްސީގެ ގާނޫނުގެ ދަށުން ކަމަށެވެ.

ޖޭއެސްސީ އިން ނެރުނު ބަޔާނުގައި ބުނީ އޭނާ ފެމިލީ ކޯޓުގެ އިސް ގާޒީގެ ގޮތުގައި ހުންނެވިއިރު، ގާނޫނާ ގަވާއިދާ އަދި ފެމެލީ ކޯޓުގައި އަމަލުކުރާ އުސޫލުތަކާ ހިލާފަށް ކައިވެންޏެއް ކޮށްދިނުމަށް މަގުފަހިވެފައިވާކަން ސާބިތުވާތީކަމަށެވެ.

ޖޭއެސްސީން ބުނީ މުސާރަ އާއި އިނާޔަތްތައް ލިބޭގޮތަށް ޙަސަން ސަޢީދު 16 ފެބުރުވަރީ 2023 ވަނަ ދުވަހުން ފެށިގެން 14 (ސާދަ) ދުވަހަށް ވަޒީފާގެ މަސައްކަތަށް ނުކުތުން މަނާކުރުމަށް 2023 ފެބްރުއަރީ 15 ވަނަ ދުވަހު ބޭއްވި ކޮމިޝަންގެ 13 ޖަލްސާގައި ވަނީ ނިންމަފައިވާކަަމށެވެ.