English Edition
Dhivehi Edition

ސަރުކާރުން ކުޅުދުއްފުށީގައި ތަރައްޤީކުރާ އެއާޕޯޓުގެ މަސައްކަތްތައް ނިމި ބޭނުން ކުރަން ފެށޭނެ ދުވަސް އެނގިވަޑައިގަތުމުން ވަރަށް ބޮޑު ހިތްހަމަޖެހުމަކާ އުފަލެއް ލިބިވަޑައިގެންފި ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ

ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ހދ. ކުޅުދުއްފުށީގައި ޕީޕީއެމުން ރޭ ބޭއްވި “އުދުހޭ” ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އެއާޕޯޓް ހުޅުވި ޚިދުމަތް ލިބެން ފަށާނެކަން ރައީސް ޔާމީނު އިއުލާނު ކުރެއްވުމުން އެއާޕޯޓް އެޅުމުގެ މަސައްކަތް ނުހުއްޓި ކުރިއަށްދާނެކަން މިހާރު އެނގިވަޑައިގެންފި ކަމަށެވެ

ކުޅުދުއްފުށީގައި ތަރައްގީ ކުރާ އެއާޕޯޓު ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެއަޕޯޓު އެޅުމުގެ މަސައްކަތްތަކަށް ކުޅުދުއްފުށީގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ދޭނެ ކަމަށާއި އެއާޕޯޓް ހެދުމާއި ދެކޮޅު ހަދާ މީހަކާ ކުޅުދުއްފުށިން ދިމާ ނުވާ ކަމަށެވެ