English Edition
Dhivehi Edition
މަޖިލީހުގެ ޖަލްސާއަށް ރައީސް ސާލިހާއި މަޖިލިސް ރައީސް ވަޑައިގަންނަވަނީ - ފޮޓޯ: މަޖިލިސް

މި އަހަރުގެ ޖޫން މަސް ނިމުމުގެ ކުރިން ބޯހިޔާވަހިކަން ލިބޭ ފަރާތްތަކަށް އެކަމުގެ ލިޔުން ޙަވާލުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރަހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ،.

ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ މި އަހަރުގެ ޖޫން މަސް ނިމުމުގެ ކުރިން ބޯހިޔާވަހިކަން ލިބޭ ފަރާތްތަކަށް އެކަމުގެ ލިޔުން ޙަވާލުކުރާނެ ކަމަށެވެ.އަދި ދައުރެއްގެ ތެރޭގައި ބިންގަލުން ފެށި ފްލެޓް ޢިމާރާތެއް ނިންމާ، ރައްޔިތުން ބޯހިޔާވަހި ކުރާ ފުރަތަމަ އަހަރަށް މި އަހަރު ވެގެންދާނެކަމުގައި ރައީސް ވިދާޅުވިއެވެ.

އިތުރަށް ރައީސް ވިދާޅުވީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ހައުސިންގ ލޯނުގެ އެޕްލިކޭޝަންގެ 55 އިންސައްތަ ލޯނު އެޕްރޫވްކޮށް 249 ފަރާތަކާ އެކު ލޯނު އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށެވެ. މިއާއެކުއަތޮޅުތެރޭގައި ޢިމާރާތް ކުރެވޭ ހައުސިން ޔުނިޓް ތަކުން 556 ހައުސިންގ ޔުނިޓް އަންނަ މޭ މަހުގެ ނިޔަލަށް އެއްކޮށް ނިންމާނެކަމަށާއި، އިތުރު 2،200 ހައުސިންގ ޔުނިޓްގެ މަސައްކަތް އަތޮޅުތެރޭގައި ހިންގަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ސަރުކާރުން ކުރިން މާލެ ސަރަޙައްދުން ގޯތި ދިނުމަށް ނިންމި އަދަދަށްވުރެ އިތުރަށް ގޯތި ދޫކުރުމަށް މިހާރު ނިންމާފައިވާކަމަށެވެ.