English Edition
Dhivehi Edition

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ޕާޓީގެ ރިޔާސީ ޓިކެޓު އަންނަ މަހު ރަސްމީކޮށް ހަވާލުކުރާނެ ކަމަށް އެޕާޓީން ބުނެފި އެވެ.

އެމްޑީޕީ އިން ބުނީ ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ ފަސް ދުވަހުގެ ތެރޭގައި އިއުލާނު ކުރާނެ އެވެ.އަދ ޕާޓީގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހަށް އެރުވުން އޮންނާނީ އަންނަ މަހުކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ،

ސެޕްޓެމްބަރ މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވެރިކަން ކުރާ އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި އިންތިހާބަކީ މިހާތަނަށް އެމްޑީޕީން ބޭއްވި އެންމެ ވާދަވެރި އިންތިހާބެވެ. މި އިންތިހާބުގައި ރައީސް ސޯލިހަށް 24،572 ވޯޓު ލިބިވަޑައިގެންނެވިއިރު ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 15،631 ވޯޓެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމް ގެ ފަރާތުން ވާދަކުރައްވާ،ރައީސް ޔާމީން އަބްދުލްގައްޔޫމަށް ޕާޓީގެ ރިޔާސީ ޓިކެޓް ދީފައިވާއިރު ރައީސް ސޯލިހް ވަނީ އެމްޑީޕީގެ ޕްރައިމަރީ އަށް ވުރެ ފަސޭހައިން އެމަނިކުފާނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމަށް ވިދާޅުވެފައެވެ،