English Edition
Dhivehi Edition

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ފަށައިފި އެވެ.

ރާއްޖޭގެ ހުރިހާ ރަށްރަށެއްގައި ވެސް ކުރިއަށްދާ މި ވޯޓުލުުން ފެށި މިއަދު ހެނދުނު 9 ޖެހިއިރު އެވެ. އަދި ނިމޭނީ ހަވީރު 5 ޖަހާއިރު އެވެ.

މި ޕްރައިމަރީގައި 57،257 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، މާލެ އާއި އަތޮޅުތަކުގައި ޖުމްލަ 243 ވޯޓު ވަނީ ބަހައްޓާފަ އެވެ. އެއީ މާލޭގައި ބަހައްޓާ 49 ވޯޓު ފޮއްޓާއި އަތޮޅު ތެރޭގައި ބަހައްޓާ 194 ވޯޓު ފޮއްޓެވެ.

މިއީ ރާއްޖޭގައި ބާއްވާ އެތެރޭގެ އެންމެ ބޮޑު އިންތިހާބެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދެވެ. މިއީ މި ދެބޭފުޅުން އިންތިހާބެއްގައި ވާދަކުރައްވާ ފުރަތަމަ ފަހަރެވެ.

ޓެގު