English Edition
Dhivehi Edition
އައްޑޫ ސިޓީ ހިތަދޫ

އައްޑޫ ސިޓީގެ ތިން އަވަށަކުން ގޯތި ދޫކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

ރޭ އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފައިވަނީ ފޭދޫ، ހުޅުދޫ އަދި މީދޫ އިން ގޯތި ދޫކުރުމަށެވެ. މި ގޮތުން ފޭދޫއިން ދިރިއުޅުމަށްޓަކައި 1500 އަކަފޫޓުގެ 300 ބަންޑާރަ ގޯތި އާއި ހުޅުދޫ 2000 އަކަފޫޓުގެ 100 ގޯތި އަދި މީދޫ އިންވެސް 2000 އަކަފޫޓުގެ 100 ގޯތި ދޫކުރުމަށް ކައުންސިލުން ވަނީ އިއުލާންކޮށްފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވަނީ ގޯތި ދިނުމުގައި ދެ ކެޓެގަރީއަކަށް ބަހާލާފައިވާކަމަށެވެ. މި ގޮތުން ފޭދޫ އަވަށުގެ ރައްޔިތުންނަށް 90 އިންސައްތަ (270 ގޯތި) ދިނުމަށް ވަނީ ނިންމާފައެވެ. އަދި ދެވަނަ ކެޓެގަރީގައި ހިމެނޭ ފޭދޫ ފިޔަވައި އައްޑޫގެ އެހެން އަވަށްތަކުގެ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 10 އިންސައްތަ (30 ގޯތި) އެވެ. މީގެ އިތުރުން މީދޫ އަދި ހުޅުދޫ ކޮންމެ އަވަށަކުންވެސް އެ އަވަށެއްގެ ރައްޔިތުންނަށް 90 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު ކޮންމެ އަވަަށަކުން 10 ގޯތި ދޫކުރުމަށް ނިންމާފައިވަނީ އްޑޫގެ އެހެން އަވަށްތަކުގެ ރައްޔިތުންނަށެވެ،

ގޯއްޗަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހުން ފެށިގެން އެމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އަށެވެ.