English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، ފުވައްމުލައް ސިޓީ އަދި ހުވަދު އަތޮޅަށް ފުރާވަޑައިގެންފި އެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ގައި ވާދަކުރައްވާތީ، ކެމްޕޭނަށް ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް އެމަނިކުފާނުގެ ކެމްޕޭން ޓީމުން ވަނީ ބުނެފަ އެވެ.

ނަމަވެސް ދަތުރުފުޅުގެ ތަފްސީލެއް ނުބުނެއެވެ.

ރައީސް ސޯލިހު ވަނީ މިދިޔަ ހަފްތާގައި ގއ. ގދ. ށ އަދި ލ. އަތޮޅަށް ވެސް ވަދައިގެންފަ އެވެ. އަދި ރޭ ވަނީ މާލޭގައި ބިޑު ޖަލްސާއެއް ވެސް ބާއްވާފަ އެވެ.

އެމްޑިޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.