English Edition
Dhivehi Edition

ވާދަވެރި އޭސީ މިލާން ބަލިކޮށް އިޓާލިއަން ސުޕަރ ކަޕްގެ ޗެމްޕިއަންކަން އިންޓަރ މިލާނުން ހޯދައިފިއެވެ.

އެންމެ ފަހުން ނިމިގެން ދިޔަ އަހަރުވެސް ސުޕަކަޕް ޗެމްޕިއަން ކަން ހޯދި އިންޓަރ މިލާން މިއަހަރުގެ ސުޕަކަޕް ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި އޭސީ މިލާން 3-0 ން ބަލިކޮށްގެންނެވެ.

މިއީ އިޓާލިއަން ސުޕަކަޕް އިންޓަމިލާނުން ހޯދި ހަތްވަނަ ފަހަރެވެ. އަދި މިއީ މި ދެޓީމު އިޓާލިއަން ސުޕަ ކަޕްގެ ތާރީޚުގައި ބައްދަލުކުރި ދެވަނަ ފަހަރަށް ވީއިރު، މިއީ ސަުޕަކަޕްގައި އިންޓަމިލާނުން އޭސީ މިލާން ބަލިކުރި ފުރަތަމަ ފަހަރުވެސް މެއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި އިންޓަމިލާނުން ލަނޑު ޖަހާ ލީޑު ނެގީ މެޗު ފަށައިގެން 10 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ފެޑެރީކޯ ޑިމާކޯއެވެ. އޭގެ 10 މިނެޓު ފަހުން ދެވަނަ ގޯލް ޖެހީ އެޑިން ޒެކޯއެވެ. ތިންވަނަ ގޯލް ދެވަނަ ހާފްގައި ޖެހީ ލަޓާރޯ މާޓީނޭޒްއެވެ. މިދިޔަ އަހަރު ފައިނަލްގައި މި ތަށި އިންޓަމިލާނުން ނެގީ 1-2 ގެ ނަތީޖާއިން ޔުވެންޓަސް ބަލިކޮށްގެންނެވެ.

މީގެ ކުރިން އިންޓަ މިލާނުން ސުޕަކަޕް ކާމިޔާބު ކޮށްފައިވަނީ 1989، 2005، 2006 ، 2008 ،2010، 2021 ގައެވެ.