English Edition
Dhivehi Edition
ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހޯދަމުންދާ ޖާކިރް ޙޮސެން (24އ) - ފޮޓޯ: ޕޮލިސް

ކޯޓަށް ހާޒިރުކުރުމަށް ބޭނުންވާ އިންޑިއާގެ ރައްޔިތަކު ހޯދަން ދިވެހި ފުލުހުންގެ ޚިދުމަތުން އިޢުލާންކޮށްފިއެވެ.

ފުލުހުން ބުނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ. މިގޮތުން ދައުލަތުން ދައުވާކުރާ ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާއާ ގުޅިގެން ފުލުހުން ހޯދަމުން ދަނީ އިންޑިއާ ރައްޔިތެއްކަމަށްވާ ޖާކިރް ޙޮސެން (24އ) އެވެ.

އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް އަމުރުކޮށްފައިވަނީ މާދަމާ ހެނދުނު 11:00 އަށެވެ.

ފުލުހުން ވަނީ އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފައެވެ.