English Edition
Dhivehi Edition

މި ސަރުކާރަށް މަސްވެރިންނަަކީ ވަރަށް މުހިއްމު ބައެއްކަމަށާއި ސަރުކާރުން މަސްވެރިން ދޫނުކުރައްވާނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު އެމްޑީޕީ މަރަދޫ ޖަގަހަ ހުޅުވާ ދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ދުނިޔޭގެ ތެލުގެ އަގު އުފުލުމުގެ ސަބަބުން މަސްވެރިންނަށް އެކަމުގެ އަސަރުކުރާނެކަމަށެވެ، އިތުރަށް ރައީސް ވިދާޅުވީ މިހާރު މަސް ގަންނަ އަގަށް ވުރެ ބޮޑު އަގެއްގައި މަސް ގަނެފި ނަމަ ގެއްލުން ބޮޑުވާނެކަމަށާއި އެ ގެއްލުން ފޫބައްދަން ޖެހޭނީ ޓެކްސް ފައިސާއިންކަމަށެވެ.

މި ސަރުކާރުން މަސްވެރިންނަށް ހެޔޮ ބަދަލެއް ގެނައުމަށް ބޭނުންވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ހުޅުމީދޫގައި ހުރި ސްޓޯރޭޖު ވީހާވެސް އަވަހަކަށް ބޭނުންކުރެވޭނެ ގޮތް ހަދައި ރަނގަޅު އަގެއްގައި މަސް ގަނެވޭނެ އިންތިޒާމް ހަމަޖައްސައި ދެއްވާނެކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ މަސްވެރިންނަށް ލިބޭ ފައިދާ އިތުރު ކުރުމަށް ކަމަށެވެ.