English Edition
Dhivehi Edition

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ޖީއޭ ޕާކިންގ ގައި ތާރު އެޅުން ދަނީ ކުރިއަށް ކަމަށް އެ މަސައްކަތް ކުރާ ކުންފުނި، އެމްޓީސީސީ އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ޖީއޭ ޕާރކިންގައި ތާރު އެޅުމުގެ މަޝްރޫޢުގެ މަސައްކަތުގެ 46 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 776 މީޓަރުގެ ވަގުތީ ފެންސެއް ޖަހައި، 55،818 އަކަ މީޓަރުގެ ސަރަޙައްދެއްގެ ޓޮޕްސޮއިލް ނެގުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެއެވެ. އަދި 8372.70 އަކަ މީޓަރުގެ ސަރަޙައްދަކަށް ވެލި އަޅައި ލެވެލް ކުރުމާއި، 55،818 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ތައްޔާރު ކުރުން ވެސް ހިމެނޭ ކަމަށް ބުންޏެވެ.

މީގެ އިތުރުން 8372.70 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް ކޮމްޕެކްޓް ކުރުމާއި، 55،818 އަަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމުގެ މަސައްކަތް ކުރުން ހިމެނޭ ކަމަށް ވެސް ބުންޏެވެ.

މިއީ 91.45 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަމަށް އެމްޓީސީސީ އިން ބުންޏެވެ.