English Edition
Dhivehi Edition
ފޮޓޯ: އައްޑޫ ލައިވް

އައްޑޫ ސިޓީގައި ކާރުގެ ވެރިފަރާތަށް ނޭގި ވިއްކާލާފައިވާ ކާރު ހޯދާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

‘އޭއޯ ނިއުސް’ އަށް މައުލޫމާތު ލިބިފައިވާގޮތުން ކާރުގެ ވެރިފަރާތަށް ނޭގި ވިއްކާލާފައިވަނީ ކުކުޅު ބިސް ކުލައިގެ ޓޮޔޯޓާ އަކުއާ ކާރެކެވެ. އެ ކާރު ‘ނަގައިގެން’ އުޅޭ ފަރާތުން ކާރު ހަތަރު މީހަކަށް ވިއްކާލުމަށް މަޝްވަރާކޮށް ބައެއް މީހުންގެ އަތުން ލާރިވެސް ހޯދާފައިވާކަމަ ށް އޭއޯ ނިއުސް އަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި ގޮތަށް ލާރި ހޯދި މީހަކު މި މައްސަލަ މިހާރު ފުލުހަށްވެސް ހުށަހަޅާފައިވާއިރު މި ކާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީވެސް އިތުރު އެހެން މީހަކަށް ކާރު ވިއްކާލަން މަޝްވަރާކުރުމަށްފަހު ޓެސްޓް ދަތުރަކަށް އެ ފަރާތުގެ އަތަށް ކާރު ދިނުމުން، އެ މީހާ ކާރުގެ ވެރި ފަރާތަށް ގުޅައިގެން އެ ކަން އަންގައިގެންނެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދިޔަ ކާރު ރޭގެ ވަގުތެއްގައި ދުއްވަނިކޮށް ފެނިފައިވާކަމަށާއި މިހާރު އެ ކާރު ޓޯ ކޮށްފައިވާކަމަށެވެ. އަދި އެ މައްސަލަ މިހާރު ބަލަމުން ދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ